ފަސް އަހަރުގެ ލެޖިސްލެޓިވް އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ލެޖިސްލެޓިވް އެޖެންޑާގައި 15 މައުލޫއު އަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެ އެވެ. އޭގެތެރޭ ގައި މުޅިން އަލަށް އެކުލަވާލަން ޖެހޭ 78 ގާނޫނަކާގުޅޭ ބިލު ވެސް ހިމެނެ އެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުން: ފަސް އަހަރުގެ ލެޖިސްލެޓިވް އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

މި ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތައް އެކުލެވޭ "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އަކީ އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަ ކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވައުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާ ކުރުމަށާއި ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތައާރުފު ކުރަން ނިންމާ ގާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާ އެކެވެ.

ލެޖިސްލެޓިވް އެޖެންޑާގައި 15 މައުލޫއު އަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެ އެވެ. އޭގެތެރޭ ގައި މުޅިން އަލަށް އެކުލަވާލަން ޖެހޭ 78 ގާނޫނަކާގުޅޭ ބިލާއި މިހާރު އަމަލުކުރެވޭ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަން ޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅަން ގަސްދުކުރާ 135 ބިލެއް ހިމެނެ އެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުން: ފަސް އަހަރުގެ ލެޖިސްލެޓިވް އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

އެޖެންޑާގައި ހިމެނޭނީ މައިގަނޑު ގޮތެއްގައި ހަ ދާއިރާއެއްގެ ބިލުތަކެވެ. އެއީ؛ 

  •  ސަރުކާރުގެ މެނިފެސްޓީގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ ބިލުތައް
  •  ގާނޫނުއަސާސީގެ ދަށުން އެކުލަވައިލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސީއާ ތައާރުޒުވާތީ އިސްލާހު ކުރަން ނުވަތަ ގާނޫނުތަކާ ގުޅޭ ބިލުތައް
  •  ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގެ ގާނޫނެއް ހެދިފައި ނެތިފައި ކޮންމެހެން ގާނޫނަކުން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލުތައް
  •  ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހއްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  •  ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވައިލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  •  ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކަށް ރާއްޖެއިން އަމަލުކުރުމަށްޓަަކައި އެކުލަވައިލަންޖެހޭ ބިލުތައް

ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކުގެ ތެރޭގައި ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލަކާއި ދައުލަތް ހިންގުމާ ގުޅުންހުރި 9 ބިލަކާއި، ހައްގުތަކާއި މިނިވަންކަމާ ގުޅުންހުރި 8 ބިލާއި، އިސްލާމްދީނާއި ގައުމިއްޔަތާ ގުޅުންހުރި 8 ބިލާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ 15 ބިލާއި، ސިއްހަތާއި ދުޅަހެޔޮކަމާ ގުޅުންހުރި 11 ބިލެއް ހިމެނެ އެވެ. 

މިއަދު އޮތް ކެބިނެޓް ބައްދަލްވުން: ފަސް އަހަރުގެ ލެޖިސްލެޓިވް އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

އޭގެ އިތުރަށް ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލަކާއި އާއިލާއާ މުޖުތަމައާ ގުޅުންހުރި 20 ބިލަކާއި، ފައިސާއާއި މާލީ ކަަންކަމާ ގުޅުންހުރި 22 ބިލެއް ހިމެނެ އެވެ. އަދި ޒަމާނާ ނުގުޅޭތީ އުވައިލަން ނުވަތަ އިސްލާހުކރުަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލެއް ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެ އެވެ. އަދި ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާގެ 22 ބިލެއް ހުށަހަޅަން ހިމެނިފައިވެ އެވެ.

ވިހިވަނަ ރއްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުންވަނީ 37 ބިލެއް ހުށަހަޅާފަ އެވެ. އުޝާމު ވިދާޅުވި ގޮތުގައި އެ ބިލުތަކުގެ ތެރެއިން ތިން ބިލަކީ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.