ގުޅިގެން މަސައްކަތް ކުރުމަށް އެފްޑީސީން މޯލްޑިވްސް ގޭހާއެކު އެއްބަސްވުމެއް

އެއްބަސްވުމުގެ މަގުސަދަކީ މޯލްޑިވްސް ގޭހުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖީނިއަރިން އަދި ކުރެހެންތައް ފޯރުކޮށް ދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދިނުމެވެ.

ގުޅިގެން މަސައްކަތް ކުރުމަށް އެފްޑީސީން މޯލްޑިވްސް ގޭހާއެކު އެއްބަސްވުމެއް އެކުލަވާލުން

ފަހި ދިރުއުޅުން ކޯޕަރޭޝަނުން މޯލްޑިވްސް ގޭހާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވުމެއް އެކުލަވާލައިފި އެވެ.

އެފްޑީސީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ މޯލްޑިވްސް ގޭހުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖީނިއަރިން އަދި ކުރެހެންތައް ފޯރުކޮށް ދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދިނުމެވެ. އެގޮތުން ދެ ފަރާތް ގުޅިގެން ބާޒާރުގެ އަގުތަކަށް ވުރެ ހެޔޮ އަގުތަކެއްގައި އިތުބާރާ އެކު މި މަސައްކަތް ކުރެވޭނެ ގޮތް ހޯދާނެ ކަމަށް ވެސް ބުންޏެވެ.

މިއީ ތިން އަހަރުގެ މުއްދަތަށް އެކުލަވާލި އެއްބަސް ވުމެކެވެ.

އެއްބަސްވުމުގައި އެފްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. ގޭސް ކުންފުނީގެ ފަރާތުން އެމްޑީ އަބްދުﷲ މުހައްމަދެވެ.

އެފްޑީސީން މިހާރު ވެސް ދަނީ އިސްލާމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއް އެކުލަވާލާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.