އީދު ސަޔާއި ސަގާފީ ހަރަކާތްތަކުން މާލެއަށް ބޮޑު އީދު ގެންނަނީ

ބޮޑު އީދު ފާހަގަކުރަން މާލެ ސިޓީގައި ސަގާފީ ހަރަކާތްތަކާއި މިއުޒިކު ޝޯއެއް ބާއްވައި މާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަން ޔޫތު މިނިސްޓްރީން ރާވާފައިވެ އެވެ.

ބީއެމްއެލް އިން އިއްޔެ ބޭއްވި އީދު ސަޔެއް -- ފޮޓޯ: ބީއެމްއެލް

އަންނަ އަޟްޙާ އީދުގައި މާލޭގައި އީދު ނަމާދަށްފަހު ތިން ސަރަހައްދެއްގައި ހާއްސަ ސައެއް އިންތިޒާމުކުރާނެކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ. 

އީދު ފާހަގަކުރުމަށް މާލޭގައި ހިންގަން ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ޔޫތު މިނިސްޓްރީން ހާމަކުރި ގޮތުގައި އެހެނިހެން ރަށްރަށެކޭ އެއްގޮތަށް ވެރިރަށް މާލޭގައި އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއްވަނީ ރާވާފަ އެވެ. 

މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އަޟްޙާ އީދު ދުވަސްކަމަށްވާ ޖޫން ސޯޅަވަނަ ދުވަހުގެ ހެނދުނު އީދު ނަމާދަށްފަހު މާލޭގެ ތިން ސަރަހައްދެއްގައި ސައި އިންތިޒާމުކުރާނެ އެވެ. އަދި އެ ދުވަހު ހަވީރު 16:00 ގައި މާލޭގެ ފަސް އަވަށެއްގައި ސަގާފީ ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ އެވެ. 

އަދި އީދު ދުވަހުގެ ރޭގަނޑު ސޯޝަލް ސެންޓަރު ސަރަހައްދުގައި ސްޓޭޖު ޝޯއެއް ބާއްވަން ނިންމާފައިވާކަމަށާއި، ސޯޅަ ވިލޭރޭ ވެދުމާ ދިއުމުގެ ހަރަކާތެއް ބާއްވަން ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

ޔޫތު މިނިސްޓަރީން ބުނި ގޮތުގައި އީދު ވިލޭރޭ އޮންނަ ވެދުމާ ދިއުމުގެ ހަރަކާތަކީ އެވޭލާ ޒަމާނުއްސުރެ ރާއްޖޭގައި ރަސްކަލުން އަރިހަށް އީދު ހުއްދަ ހޯދުމަށް ދިއަ ދިއުމާ އެއްގޮތަށް ހިންގަން ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެއިރު އެކަން ކުރި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަރިހަށް ވެދުމާ ދިއުމަށް ޓީމެއް އެކުލަވާލައިގެން މިހާރު ޕްރެކްޓިސްތައް ފަށާފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

މިނިސްޓްރީން ބުނި ގޮތުގައި ލޮންސިއާއި އައްޑަނައާއި ހަތްކޮޅު ހިފައިގެން ތިބޭ މީހުން ބައިވެރިވާ މި ހަރަކާތް ހިންގާނީ އެންމެ އެވޭލާ ޒަމާނުއްސުރެ އެ ހަރަކާތް ހިންގަމުން އައި ގޮތަށް ބަލައިގެންނެވެ. 

އީދު ދުވަހުގެ ހަވީރަށް މިނިސްޓަރީން ރާވާފައިވާ ސަގާފީ ހަރަކާތްތައްވެސް ރާވާފައިވަނީ އެންމެ ކުރިއްސުރެ އީދު ފާހަގަކުރަން ދިވެހިން ހިންގަމުން އައި ހަރަކާތްތަކަށް ބަލައިގެން އެގޮތަށެވެ. އާޓީފިޝަލް ބީޗުގައި ކޯޑި ކެނޑުމާއި، ސްޓެލްކޯ ފުރަގަހުގައި ބޮޑު މަސް ހަރަކާތް އޮންނާނެ އެވެ. ސޯސަން މަގުގައި ދަފިނެގުން އޮންނާނެ އެވެ. އެކި ސަރަހައްދުގައި އޮންނާނީ އެކި ކުޅިވަރުތަކެވެ. 

ރޭގަނޑު ބާއްވާ ސްޓޭޖު ޝޯގައި ތިން ބޭންޑަކުން މިއުޒިކު ކުޅޭނެ އެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޝޯގައި ބޮޑުބެރުގެ ހަރަކާތެއްވެސް އޮންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.