ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭ އެއްބަސްވުމެއް

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއާ ސޮސައިޓީގެ ފަރާތުން، އެ މިނިސްޓްރީގެ ދަފްތަރުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށެވެ.

ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން މިނިސްޓްރީ އާއި ކެއާ ސޮސައިޓީ އާއި ދެމެދު ވެވުނު އެއްބަސްވުން --

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން މިނިސްޓްރީ އާއި ކެއާ ސޮސައިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއާ ސޮސައިޓީގެ ފަރާތުން، އެ މިނިސްޓްރީގެ ދަފްތަރުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، މަސައްކަތުގެ މާހައުލަށް ނެރުމުގެ މައިގަނޑު އެއް މަގްސަދަކީ މިފަދަ ފަރާތްތަކުން އެހެން ފަރާތްތައް ހިތްވަރު ލިބިގަނެ، ކޮންމެ ފަރާތަކީވެސް މުޖުތަމައުގައި ބޭނުންތެރި ފަރާތަކަށް ހެދުމަށް ކެއާ ސޮސައިޓީއާއެކު ސޮއިކުރި އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދޭނެ އެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ވުޒާރާ އިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.