ޗައިނާގައި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ފާހާނާގައި ޓައިމަރު ހަރުކޮށްފައި

ބައެއް މީހުން ބުނެފައިވާ ގޮތުން މި ޓައިމަރުގެ ސަބަބުން ފާހާނާއަށް ވަދެ ފޯން ސްކްރޯލް ކުރަން ތިބޭ މީހުން ޖެހިލުންވާނެ ކަމަށާއި މީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ޗައިނާގެ ޔުންގާންގް ބުޑިސްޓް ގްރޮޓޯސްގެ ފާހާނާތަކުގައި ހަރުކޮށްފައިވާ ޓައިމަރުތައް

ޗައިނާގެ ޓޫރިސްޓުންގެ މަގްބޫލު ސަރަހައްދެއް ކަމަށްވާ ޔުންގާންގް ބުޑިސްޓް ގްރޮޓޯސްއަށް ދާދިފަހުން ސަމާލުކަން ލިބިފައި ވަނީ އެތަނުގެ ފާހާނާގައި ޓައިމަރު ހަރުކޮށްފައި ހުންނަ ވީޑިއޯ ތަކެއް އާއްމު ވުމުންނެވެ.

ޔުނެސްކޯއިން ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޗައިނާގެ މި ސަރަހައްދަކީ ދުވާލަކު އެތައް ހާސް ޓޫރިސްޓުން ޒިޔާރަތް ކުރާ ތަނެކެވެ.

މިތަނުގައި ކިއުބިކަލް ގޮތަށް ފާހާނާ ތަކެއް ބަރިއަކަށް ހުންނައިރު ކޮންމެ ފާހާނާއެއްގެ މަތީގައި ޓައިމަރެއް ހަރުކޮށްފައި ހުރެއެވެ. މީހަކު ފާހާނާއަށް ވަދެ ތަޅުލާ ވަގުތުން ފެށިގެން ދޮރު ހުޅުވަންދެން ހޭދަވާ ވަގުތު އަރާފައި އިނދެ އެވެ. އަދި ފާހާނާގައި މީހަކު ނެތްނަމަ، ފެހި ކުލައިން "އެމްޕްޓީ" އަރާފައި އިނދެއެވެ.

މި ފާހާނާތަކުގެ ވީޑިއޯ ނަގައި އާއްމު ކުރި ފަތުރުވެރިޔާ ބުނީ އޭނާއަށް ފާހަގަވީ އެތާނގައި ޒަމާނީ ޓެކްނޯލޮޖީ ކުރިއަރާފައި ވާވަރު ކަމަށާއި މި ޓައިމަރުގެ ސަބަބުން ފާހާނާ ކައިރީގައި ކިއުޖެހި ދޮރުގައި ޓަކިޖަހައި ހަދަން ނުޖެހޭނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެކަމަކު ކޮންމެވެސް ވަރަކަށް އޭނާ އަށް އެކަމުގެ ސަބަބުން އުނދަގޫވި ކަމަށާއި އޭނާއަށް އިހްސާސްވީ އޭނާގެ ހަރަކާތްތަކަށް ފާރަވެރި ވަނީ ކަމަށެވެ.

އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާގޮތުގައި ޓައިމަރު ހަރުކޮށް ވަކި ވަގުތެއް ވުމުން ފާހާނައިގައި ހުންނަ މީހާ އެތަނުން ނެރެ ބޭރު ނުކުރާނެ ކަމަށާއި މި ޓައިމަރުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ގިނަވުމުގެ ސަބަބުން މީހުނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުންކަމަށާއި މީ މި އަހަރުގެ މެއިގައި ހަރުކުރި ޓައިމަރު ތަކެއް ކަމަށެވެ. އެންމެ މުހިއްމު ބޭނުމަކީ ފާހާނާ ބޭނުންކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި ޓައިމަރު ހުރުމުން މީހަކު ފާހާނާގައި ނުރައްކަލެއް ނުވަތަ ސިއްހީ އެމެޖެންސީއެއް ދިމާވެ މާ ގިނަ ވަގުތު އެތެރޭގައި ވާނަމަވެސް މީހުންގެ ސަމާލުކަމަށް ގެނެވޭނެފަދަ އިންތިޒާމެއް ކަމަށެވެ.

މި ޓައިމަރު ތަކުގެ ވީޑިއޯއާއި ގުޅިގެން ޗައިނާގެ ސޯސަލް މީޑިއާގައި ތަފާތު ހިޔާލުތައް ފާޅުކުރަމުން ދިޔައެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުން މި ޓައިމަރުގެ ސަބަބުން ފާހާނާއަށް ވަދެ ފޯން ސްކްރޯލް ކުރަން ތިބޭ މީހުން ޖެހިލުންވާނެ ކަމަށާއި މީ ރަނގަޅު ނިންމުމެއް ކަމަށެވެ.

އެހެން މީހަކު ވަނީ އެއީ ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެކަމަށް އިތުރު ހަރަދު ކުރުމުގެ ބަދަލުގައި ތަނަށް ފާހާނާ އިތުރު ކުރުމަށް އެ ހަރަދު ކުރިނަމަ މާ ރަނގަޅުވާނެ ކަމަށްވެސް އޭނާ ލިޔެފައި ވެއެވެ.
2023 ވަނަ އަހަރު މި ސަރަހައްދަށް 3 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މި ޓޫރިސްޓް ސައިޓަށް 2019 ގެ ފަހުން ރެކޯޑް އަދަދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.