ޖީ-7 ސަމިޓާ ދިމާކޮށް އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

މި އާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އަސްކަރީ-ސިނާއީ މަރުކަޒަށް އެހީވާ ބޭރުގެ މާލީ އިދާރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު ޓްރެޜަރީއަށް ލިބިގެންދާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އިޓަލީގައި އޮންނަ ޖީ-7 ސަމިޓަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޑައިގަންނަވާނީ ރަޝިއާ އިތުރަށް އެކަހެރިކޮށް މާލީ ގޮތުން ބަލިކަށި ކުރުމުގެ މަގްސަދުގައި 300 އަށް ވުރެ ގިނަ އާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ރަޝިއާއަށް އޮތް ޕްރެޝަރު އިތުރަށް ވަރުގަދަ ކުރުމަށް ޖީ-7 ގެ ވައުދުތަކުގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ. މިއީ ކްރެމްލިންއަށް ލިބޭ އާމްދަނީ ލިމިޓްކޮށް، ޔޫކްރެއިންގައި މޮސްކޯއިން ކުރާ ހަނގުރާމައަށް ބޭނުންވާ ތަކެތި ހޯދުމަށް ހުރަސް އެޅުމަށް އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާގެ ބައެއް ސޮފްޓްވެއާތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ހިދުމަތްތައް ރަޝިއާއަށާއި އެ ގައުމަށް ހަނގުރާމާގައި ތާއީދުކުރާ ބޭރުގެ މާލީ އިދާރާތަކަށް ލިބުން މަނާކުރުމާއި، ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ދެމެހެއްޓުމަށް އެހީތެރިވާ 300 ފަރާތެއްގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެމެރިކާއިން ބުނެ އެވެ.

މި އާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އަސްކަރީ-ސިނާއީ މަރުކަޒަށް އެހީވާ ބޭރުގެ މާލީ އިދާރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު ޓްރެޝަރީއަށް ލިބިގެންދާނެ އެވެ. މި ފިޔަވަޅުގެ ސަބަބުން ކުރިން ހުއްދަ ދީފައިވާ އެއްވެސް ފަރާތަކާއި ވިޔަފާރި ކުރާ މާލީ އިދާރާތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބިރު އޮންނާނެ އެވެ.

"ރަޝިއާ އަކީ މިއަދު ހަނގުރާމައިގެ އިގްތިސާދަކަށް ވެފައިވާ އިރު، ޓޭންކާއި މިސައިލުން ފެށިގެން އެމީހުންނަށް ބޭނުންވާ މަތިންދާބޯޓުތައް އުފެއްދުމުގެ މަސައްކަތަށް ދަންދެން ރަޝިއާއިން ކުރަމުން އަންނައިރު، އެ މީހުންނަށް އެކަނި ހަތިޔާރު ނުއުފެއްދޭނެ - އެހެން ގައުމުތަކުގެ ކުންފުނިތަކުން އުފައްދާ އުފެއްދުންތަކާއި، ރަޝިޔާގައި މިހާރު ހަރަކާތްތެރިނުވާ ކުންފުނިތަކުގެ އުފެއްދުންތައް އެކަމަށް ބޭނުންވާނެ،" ޓްރެޝަރީގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވި އެވެ. "އަދި މި އާ ފިޔަވަޅު ތަކުގެ ސަބަބުން ރަޝިއާއަށް އެހެން ގައުމުތަކުން ބޭނުންވާ އެއްޗެހި ހޯދުމަށް ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.

ރަޝިއާއަށް ސެމިކޮންޑަކްޓަރުވިއްކުމާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮމްޕިއުޓަރ ޗިޕްސް އުފައްދާ ގައުމުތަކަށް އަމާޒުކޮށް އިގުތިސާދީ އަދަބުތައް ފުޅާކުރުމަށްވެސް ބުދަ ދުވަހުގެ ރޭގެ ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

އަނެއް ފިޔަވަޅަކީ ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް ، ފައިސާއާއި އެހެނިހެން އަގުހުރި މުދަލާއި ތަކެތި އެތެރެ ކުރުމަށް އެހީތެރިވާ ނެޓްވޯކްތައް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް ޓްރެޝަރީން ބުނެއެވެ. އެގޮތުން ރަޝިއާ، ބެލަރޫސް، ބްރިޓިޝް ވާޖިން އައިލެންޑްސް، ބަލްގޭރިއާ، ކަޒަކިސްތާން، ކިރްގިސްތާން ރިޕަބްލިކް، ޗައިނާ، ސާބިއާ، ސައުތު އެފްރިކާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އެކަން ކުރާ 90 އަށް ވުރެ ގިނަ ފަރާތްތައް ތިބިކަމަށް ޓްރެޝަރީން ތުހުމަތުކުރެ އެވެ. 

އެމެރިކާ އާއި ހުޅަނގުގެ ބައިވެރިން މިފަހަކަށް އައިސް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެ ގައުމުން ވަނީ އެ ފިޔަވަޅުތަކަށް އާދަވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.