ހާއްސަ މެހެމާނުންގެ ގޮތުގައި ފަލަސްތީނުގެ 500 ހައްޖުވެރިން މައްކާއަށް

ދުނިޔޭގެ އެކި ގައުމުތަކަށް ހާއްސަކޮށް ސަލްމާން ރަސްގެފާނު ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް އިންތިޒާމުކޮށް ހިންގަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ.

ސައުދީ ރަސްގެފާނުގެ ދައުވަތުގައި ފަލަސްތީނަށް މި އަހަރު ހައްޖުގެ ހާއްސަ ފުރުސަތުތަކެއް ދޭނެ
  •  އިތުރު 2،000 ހައްޖުވެރިން މިއަދު ގެންދާނެ

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ޒަހަމްވި މީހުނާއި ޝަހީދުވި މީހުންގެ އާއިލާތަކަށް ސައުދީ ސަރުކާރުން ދޭ ހައްޖު ދަތުރުގެ ތެރެއިން ފަލަސްތީނުގެ 500 މީހަކު މައްކާއަށް ގެންގޮސްފި އެވެ.

ސައުދީ ރަސްގެފާނުގެ އެންގެވުމަށް ކުރިއަށް ގެންދާ "ގެސްޓް ޕްރޮގްރާމް ފޯ ހައްޖު އެންޑް އުމްރާ" ގެ ދަށުން ބުރާސްފަތި ދުވަހު ފަލަސްތީނުގެ އިތުރު 2،000 ހައްޖުވެރިން މައްކާއަށް ދާން ވެސް ވަނީ ހަމަޖައްސާފަ އެވެ. 

މި ޕްރޮގްރާމުގެ ތެރެއިން ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ސައުދީ ސަރުކާރަށް ފަލަސްތީން ހައްޖުވެރިން ވަނީ ޝުކުރު އަދާކުރާ ކޮށްފަ އެވެ.

މި އަހަރުގެ ޕްރޮގްރާމުގައި ދުނިޔޭގެ 88 ގައުމަކުން 3،322 މީހުން ހައްޖަށް ގެންދާނެ އެވެ. 

ދުނިޔޭގެ އެކި ގައުމުތަކަށް ހާއްސަކޮށް ސަލްމާން ރަސްގެފާނު ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް އިންތިޒާމުކޮށް ހިންގަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ. މި ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް އެކި ގައުމުތަކުން އެތައް ހާސް ބަޔަކަށް ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ވަނީ ފުރުސަތު ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.