ފަތާ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ 12:56 ހާއިރު އެވެ.

ލޯންޗުގައި އަލިފާން ރޯވެފައި

މާލެ ސިޓީ ފަތާ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ އެވެ.

މާލެ ދެކުނުފަރާތު ބޭރުތޮށިކަައިރި ފަތާ ޓްރެކް ކައިރީގައި އޮތް ލޯންޗުގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 12:42 ހާއިރު ކަމަށާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ 12:56 ހާއިރު ކަމަށާ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ބުންޏެވެ.

ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.