ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ވަނީ 2,169,826.32 ރުފިޔާ ހަދިޔާކޮށްފަ އެވެ. މިއީ މިހާތަނަށް އެއް މުއައްސަސާ އަކުން މި ޓެލެތޯނަށް ހަދިޔާކުރި އެންމެ ބޮޑު އަދަދެއްގެ ފައިސާ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެ ދަށުން ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯނަށް ގައުމީ ދިފާއީ ބާރު -- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ވަނީ 2,169,826.32 ރުފިޔާ ހަދިޔާކޮށްފަ އެވެ. މިއީ މިހާތަނަށް އެއް މުއައްސަސާ އަކުން މި ޓެލެތޯނަށް ހަދިޔާކުރި އެންމެ ބޮޑު އަދަދެއްގެ ފައިސާ އެވެ.
ސިފައިންގެ ފަރާތުން ހަދިޔާކުރި މި ފައިސާގެ އެހީ އެ ފަންޑަށް ހަވާލު ކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހު ގައި މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާސް ވެސް މި ފައިސާ ހަދިޔާކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މިހާތަނަށް ޓެލެތޯނަށް އެތައް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފަލަސްތީނަށް އެހީވުމުގައި ދިވެހީންނަކީ އަބަދުވެސް ވަރަށް ނަމޫނާ ބައެކެވެ. ދިވެހީންގެ ހިތާއި އެންމެ ބޮޑަށް ގުޅިފައިވާ މައްސަލަ އަކީ ފަލަސްތީނުގެ މައްސަލަ އެވެ.