މުޒާހަރާކުރާ މަސްވެރިންނާ ބައްދަލުކުރައްވަން މިނިސްޓަރު ވަޑައިގެންފި

މުޒާހަރާގެ ބައިވެރިން ބުނީ މިކަމުގައި ސަރުކާރުން އިޖާބައެއް ނުދޭނަމަ މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. މިހާރު މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިން މުޒާހަރާކުރާ، އެއްނަންބަރު ފާލަމަށް ވަޑައިގެންފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް މީގެ ކުރިން ކޫއްޑޫގައި ކުރި މުޒާހަރާއެއްގައި --

ލޭނު މަސްވެރިކަމަށް ހުއްދަދޭން ސަރުކާރުން މަޝްވަރާކުރާތީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާކުރަން ފެށި ބޮޑުކަންނެލި މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެންފި އެވެ. 

މިއަދު ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ގިނަ އިރުތަކެއް ވަންދެން މުޒާހަރާކުރުމަށް ފަހު، މުޒާހަރާގެ އިސްވެރިން ވަނީ މާލޭ ފަޅަށް ދޯނިތައް ދިއުމަށް އިރުޝާދު ދީފަ އެވެ. އެއާ އެކު ބޮޑުކަންނެލި ދޯނިތައް މާލެ ސަރަހައްދަށް ޖަމާވެ އެއްނަންބަރު ފާލަން ސަރަހައްދު ފުރާލި އެވެ. 

މީގެ އިރުކޮޅެއް ކުރިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މުޒާހަރާ އޮތް އެއް ނަންބަރު ފާލަން ސަރަހައްދަށް ވަޑައިގެންފަ އެވެ. އަރިހުގައި ފުލުހުންގެ ބައެއް އިސްވެރިން ވެސް ވަޑައިގަތެވެ. 

މަސްވެރިން ގޮވާލަމުން ދަނީ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދީފި ނަމަ، އާދައިގެ ކަންނެލި ދޯނިތަކުން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭނެ ވާހަކަ އެވެ. މިގޮތަށް ހުއްދަ ދިނުމުގެ ބަދަލުގައި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެމީހުން ގޮވާލަ އެވެ.

އޭގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ތެލުގެ އަގު ހެޔޮކުރަން ގޮވާލަ އެވެ.  އަދި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށްވެސް މަސްވެރިން އަންނަނީ ގޮވައިލަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.