ބޮޑުކަންނެލި މަސްވެރިން އިހްތިޖާޖަށް މާލެ ފަޅަށް ވަދެއްޖެ

މުޒާހަރާކުރާ ބޮޑުކަންނެލި މަސްވެރިން ވަނީ ދޯނިތަކުގައި މާލޭ ފަޅުތެރެއަށް ވަދެފަ އެވެ. އެމީހުންގެ ޑިމާންޑަކީ ލޭނު މަސްވެރިކަމަށް ހުއްދަދޭން ސަރުކާރުން ކުރާ މަޝްވަރާތައް ހުއްޓާލުން

މުޒާހަރާކުރާ ދޯނިތައް މާލޭގެ އެއްނަންބަރު ފާލަމާ ކައިރިން ފަޅުތެރެއަށް ވަދެއްޖެ؛ އެމީހުންގެ ޑިމާންޑަކީ ލޭނު މަސްވެރިކަމަށް ހުއްދަދޭން ސަރުކާރުން ކުރާ މަޝްވަރާތައް ހުއްޓާލުން -- މިރާ

ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދިނުމާ ދެކޮޅަށް މުޒާހަރާކުރަމުން އައި ބޮޑުކަންނެލި މަސްވެރިންގެ ދޯނިތައް މާލޭ އެއްނަންބަރު ފާލަން ސަރަހައްދަށް ވަދެއްޖެ އެވެ. 

ހުޅުމާލޭ ބަނދަރުގައި ދޯނިތައް ޖަމާކޮށްގެން މުޒާހަރާ ކުރުމަށް ފަހު، މާލެ ކައިރިއަށް މުޒާހަރާގެ ބައިވެރިން އައުމަށް ގޮވާލާފައި ވަނީ މިއަދު 3:00 ހާއިރު އެވެ. މިހާރު ފަސް ދޯންޏެއް ފާލަމާ ދިމާލުން ފަޅުތެރެއަށް ވަދެފައި ވާއިރު، ނެރު ބޭރުގައި ވެސް ގިނަ ދޯނިތަކެއް އެބަ އޮތެވެ. 

މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ސަރުކާރުން އެކަމަށް އިޖާބަ ނުދޭހާ ހިނދަކު މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. ގިނަ އަދަދަށް ދޯނި އެއްތަނަކަށް ޖަމާކޮށްގެން ކުރާ މި މުޒާހަރާ ގައި، ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލަ އެވެ.

"ގަބޫލުކުރައްވާ ބައެއް މަސްވެރިން އެތިބީ ބޭންކުތަކަށް ދަރާފައި. ބައެއް އާއިލާތަކުން ދެ ދޯނި ތިން ދޯނި މިއަދު އެބަ އޮތް ފަޅުގައި ފުރޭނެ ގޮތެއް ނެތިފައި" މުޒާހަރާގެ ތެރެއިން ގޮވާލަމުން ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.