އެހެން ރަށްތަކަށް މާފުށި ދުލެއް ނުދޭނެ، ހަވަޔާއެކު އީދު ފާހަގަ ކުރާނެ

މާފުށީގައި އޮންނަ އީދު ފާހަގަ ކުރުމުގެ ހަރަކާތުގައި ބޮޑެތި ބޭންޑްތައް ބައިވެރިވާނެ އެވެ. އަދި އީދު ވިލޭރޭ ހަވާ އެރުވުންވެސް އޮންނާނެ އެވެ.

މާފުށީގައި މި އަހަރު ވެސް ކުލަ ގަދަކޮށް އީދު ފާހަގަ ކުރާނެ ކަމަށާ ހަވާ އެރުވުމާއެކު ގިނަ ހަރަކާތްތަކެއް އޮންނާނެ ކަމަށް ކައުންސިލް ކުންފުނިން ބުނެފި އެވެ. 

މި އަހަރު މާފުށީގައި އީދު ފާހަގަ ކުރުމުގެ ހުރިހާ ހަރާތްތަކެއް ހިންގާ މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (އެމްއެލްއޭސީ) ގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު "މިރާ" އަށް ވިދާޅުވި ގޮތުގައި މި އަހަރު އީދު ފާހަގަ ކުރުން އެ ރަށުގައި ކުލަ ގަދަ ކޮށް އޮންނާނެ އެވެ. ރަށުގައި އީދުގެ ހަތަރު ދުވަހު ތަފާތު ހަރަކާތްތަކެއް ހިންގާނެ އެވެ. 

"މި ފަހަރު އީދުގެ އިންތިޒާމު ކުރަނީ ކައުންސިލު ކުންފުނިން، އެކަމަށް ރަށް މިދަނީ ތައްޔާރު ކުރަމުން،" ސަލްމާން ވިދާޅުވި އެވެ. 

ބިދަބިން އާއި ޑީޓިއުންސް ބޭންޑް މާފުށީގައި

މި އަހަރު އީދު ފާހަގަ ކުރުން މާފުށީގައި ފެށިގެން ދާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެ ދުވަހު އީދު ބަޑި ރޯ ކުރުމާއި ވެދުމާދިއުން އަދި ސަގާފީ ކެއުމެއް އޮންނާނެ އެވެ. 

އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދަށް ފަހު އީދު ސަޔާއި ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. މީގެ އިތުރުން ޑީޓިއުންސް އާއި ސްމޯކް ބޭންޑް އަދި މާފުށީ ބޮޑު ބެރު ގްރޫޕް ހިމެނޭހެން ޝޯއެއް އޮންނާނެ އެވެ. މި ޝޯގައި ހަވާ އެރުވުން ވެސް އޮންނާނެ އެވެ. ހޯމަ ދުވަހު ކޯޑި ކެނޑުމާއި މަސް ރޭސް އަދި ބާކެކިއު އޮންނާނެ އެވެ. މީގެ އިތުރުން އީދުގެ އެންމެ ފަހު ދުވަހު ނަލަ ކޯޑި އާއި މާލި ޕެރޭޑާއި ބިދަބިން ބޮޑުބެރު ގްރޫޕް ހިމެނޭހެން ޝޯވްއެއް ބާއްވާނެ އެވެ.

ސަލްމާން ވިދާޅުވި ގޮތުގައި ރަށަށް މި އީދުގައި ވެސް ގިނަ ބަޔަކު އަރާނެ ކަމަށް ކަމަށް ބެލެވެ އެވެ. އެކަމަށް ގެސްޓްހައުސްތަކުން ވެސް ތައްޔާރުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.