މަންމައަށް ބިރުދައްކާ އަނިޔާ ކުރި މީހަކު އަށް މަހަށް ޖަލަށް

ޝަރީއަތުގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް އިއްވުމުން އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އަދި އެ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށް އަވަސް ނިޔާގެ އަޑުއެހުމުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް: މަންމައަށް އަނިޔާ ކުރި މީހަކު ޖަލަށް ލާން ވަނީ ހުކުމްކޮށްފައި --

ތަކުރާރުކޮށް މަންމައަށް ބިރު ދައްކައި އަނިޔާކުރި މީހަކު އަށް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ތަކުރާރުކޮށް މަންމައަށް ގެވެށި އަނިޔާ ކޮށްފައި ވާތީ އިބްރާހިމް އިކްރާމް ކިޔާ އެ މީހާގެ މައްޗަށް ފެމެލީ ކޯޓުން ވަނީ ރައްކާތެރި ކުރުމުގެ އަވަސް އަމުރު ނެރެފަ އެވެ. މި އަމުރުތަކާ ހިލާފުވެފައި ވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ދެ ދުވަސް މަތިން މަންމައަށް ބިރު ދައްކައި އަނިޔާ ކޮށްފައިވެ އެވެ. 

އެގޮތުން އޭނާގެ މަންމަ ދިރިއުޅޭ ގެއަށް ގޮސް، މަންމަ ނިދާފައި އޮއްވާ "ތިއީ ޝައިތޯނެކޭ! ތިއީ ޖަނަވާރެކޭ!" ބުނެފައިވާ ކަމަށާއި އަދި "މީ މަރާލަންވެފައި ހުރި އެއްޗެކޭ" ބުނެ ބިރު ދައްކައި އަތުގައި ޖަހާފައި ވެއެވެ. އަދި، މަންމައާ ދިމާލަށް ލައިޓަރެއް އެއްލުމުން ލައިޓަރު ގޮސް މަންމާގެ ފައިގައި ޖެހި އަނިޔާވެފައި ވެއެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ މޭ މަސް ތެރޭގައި އެއް ދުވަހު މަންމަގެ ބޮލުގައި ޖަހާ އަނިޔާ ކޮށްފައިވާ ކަމަށާއި އަދި އެހެން ދުވަހަކު މަންމަ އިށީންދެ އިންދައި 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން މޭ މަތީގައި ޖެހި އަނިޔާވެފައިވާ ކަމަށް ދައުވާގައި ފާހަގަ ކޮށްފައިވެ އެވެ. އެހެން ދުވަހަކު އޭނާގެ މަންމަ ގައިގައި ދެ ފޫޓުގެ ހޮޅިދަނޑިއަކުން ވެސް ޖަހާފައިވެ އެވެ.

ޝަރީއަތުގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް އިއްވުމުން އޭނާ ވަނީ ދައުވާތަކަށް އިއުތިރާފު ވެފަ އެވެ. އަދި އެ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށް އަވަސް ނިޔާގެ އަޑުއެހުމުގައި ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް މީގެ ކުރިން ވެސް އަނިޔާއެއް ދިނުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެހެންވެ އޭނާ އިއުތުރާފް ވިޔަސް އަދަބު ދަށް ނުކުރަން ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި އިކްރާމްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ، ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އަދި، ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުން ހަ މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.