އަންހެން މީހާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރު ކޮށްފަ އެވެ.
އެ އަންހެން މީހާ ހައްޔަރު ކުރީ ކުޅުދުއްފުށި ސިޓީގައި ގާއިމުވެ ތިބޭ ފުލުހުންނާއި ހަނިމާދޫ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އުމުރުން 20 އަހަރުގެ އަންހެން މީހާ ހައްޔަރަށް ނެގީ މި މަހު އަށް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ދެ ކޮތަޅު ފެނިފައި ވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރު ކޮށްފަ އެވެ.