"މަޖިލިސް އޮންނާނީ ރައްޔިތުންނާއެކު، އެދެނީ ފަލަސްތީނަށް އެހީ ވެދޭން"

ފަލަސްތީނުގެ މއްސަލައަކީ ދިވެހިން އަބަދުވެސް އެ މައްސަލައަކާމެދު ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ވަރަށް ގާތުން ބަލަމުންގެންދާ ކަމަމަކަށް ވާއިރު އެއީ ދިވެހިންގެ ހިތްތަކުގައި އެންމެ ބާރަށް ވިންދު ޖަހާ އެއް މައްސަލަ އެވެ.

ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުން "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް އެހީވުމަށް ފަހު މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ

ދިވެހި ރައްޔިތުންގެ ކިބައިން އެދި ވަޑައިގަންނަވަނީ ވެދެވެން އޮތް އެހީއެއް ފަލަސްތީނަށް ވެދޭން ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު މިހެން މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް "ފަލަސްތީނާއެކު ދިވެހިން" އެ ނަމުގައި ޕީއެސްމުން މިއަދު ހެނދުނު ފެށި ޓެލެތޯނަށް ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފަރާތުން ދެ ލައްކަ ރުފިޔާ ހަދިޔާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ. 

އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލާގައި އެންމެ ބޮޑު ސަމާލު ކަމެއް ދެއްވައި އެ މަސައްކަތް ކުރައްވާ ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެހެންވެ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ނަމުގައި ރައީސް މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަކީ ވަރަށް މާތް މަގުސަދެއްގައި ރައީސް މުއިއްޒު ފައްޓަވައި ދެއްވި ޓެލެތޯނެއް ކަމަށާއި ކޮންގްރެސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ ބޭނުމަކަށްވީ އެހާ މުހިންމު ކަމެއް ރައީސް މުއިއްޒު ފައްޓަވައި ދެއްވުމުން އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކީ އެ ގްރޫޕަށް ވާން ކަމަށެވެ. 

"އެހެން މި ދެންނެވީ [އަޅުގަނޑުމެނަކީ] ރައްޔިތުން ތަމްސިލް ކުރާ ބައެއް، އެހެންވީމާ ރައްޔިތުންގެ ފަރާތުން މިކަމުގައި މިހާ އަވަހަށް ބައިވެރި މިވީ... އަޅުގަނޑުމެން މި ހަވާލު ކުރީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެންބަރުންގެ ދީލަތި ކަމާއެކު ހަމަ ކުރެވުނު އަދަދެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ. 

މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވި ފަލަސްތީނުގެ މއްސަލައަކީ ދިވެހިން އަބަދުވެސް އެ މައްސަލައަކާމެދު ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ވަރަށް ގާތުން ބަލަމުންގެންދާ ކަމަމަކަށް ވާއިރު އެއީ ދިވެހިންގެ ހިތްތަކުގައި އެންމެ ބާރަށް ވިންދު ޖަހާ އެއް މައްސަލަ ކަމަށެވެ.

"ދިވެހި ލޮބުވެތި ރައްތިތުންގެ އަރިހުން އަޅުގަނޑު އެދެނީ ސިޔާސ ވިސްނުމާ ދުރުވެ އަޅުގަނޑުމެންގެ މުސްލު އަހުންނާ އުހުތުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދޭން އަޅުގަނޑުމެނަށް ކޮށްދެއްވެން އޮތް ކަމެއް ކޮށް ދެއްވުމުގެ ނިޔަތުގައި ޓެލެތޯނުގައި ބައިވެރިވެ، އެ ބޭފުޅަކަށް އެހީތެރިވެ ދެއްވެން އޮތް މިންވަރަކަށް އެހީވެ ދެއްވައި އި މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ކާމިޔާބު ޓެލެތޯނަށް ހައްދަވަން" އެ މަނިކުފާނު ވިދާޅުވި އެވެ. "ވަރަށް ނިކަމެތި ހާލުގައި [ފަލަސްތީނުގެ] އެ އަހުންނާއި އުހުތުން ތިބީ އެއަށް ލުއި ހޯދައި ދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއް. އަޅުގަނޑު އަރުވާ ޔަގީން ކަމަކީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާ އެކުގައިކަން" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.