ދިވެހި އާއިލާއަކުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

ޕީއެސްއެމްގެ އެމްޑީ ޒީނާ ފޭސްބުކުގައި ޕޯސްޓުކުރައްވަމުން ވިދާޅުވީ، ދިވެހި އާއިލާއަކުން އެކުންފުނިން ކުރިއަށް ގެންދާ ޓެލެތޯންގައި ބައިލައްކަ ރުފިޔާ ހަދިޔާކޮށްފައިވާކަމަށެވެ.

"ނޫރަން" އާއިލާގެ ފަރާތުން ފަލަސްތީނަށް އެހީ ހަދިޔާކުރުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ދިވެހި އާއިލާއަކުން ފަލަސްތީނަށް 50،000 ރުފިޔާގެ އެހީއެއް ދީފި އެވެ. 

މިއަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިން 50،000 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފައި ވަނީ "ނޫރަން" އާއިލާއިންނެވެ. ޕީއެމްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ފޭސްބުކުގައި ޕޯސްޓް ކުރައްވަމުން ވިދާޅުވީ، މިއަދު އެ ކުންފުނިން ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިން އެފަދަ ނަމޫނާ އެތައް މަންޒަރެއް ފެނިއްޖެ ކަމަށެވެ. 

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބަހައްޓާފައި ހުރި ފަންޑުފޮއްޓަށް އެ ފައިސާ ހަދިޔާކުރީ އެ އާއިލާގެ ކުޑަކުއްޖެކެވެ. 

"މި ލޯބިލޯބި ކުއްޖާ މި ހަދިޔާކުރީ އެ އާއިލާގެ ފަރާތުން 50،000ރ. މިފަދަ ނަމޫނާ މަންޒަރު ޓެލެތޯން އިން ދަނީ އަބަދުވެސް ފެންނަމުން،" ޒީނާ ވިދާޅުވި އެވެ.

ޕީއެސްއެމުން ކުރިއަށް ގެންދާ ޓެލެތޯންގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮއްޓެއް ބަހައްޓާފައި ވެއެވެ. މިހާތަނަށް ދައުލަތުގެ ކުންފުނިތަކުންނާއި، ވަޒީރުންގެ ފަރާތުން ވެސް މި ފަންޑުފޮށިތަކަށް އެހީގެ ގޮތުގައި ފައިސާ އަޅާފައި ވެއެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ފަރާތުން ވެސް ދެ ލައްކަ ރުފިޔާ ހަދިޔާކުރި އެވެ. 

ފަންޑުފޮށިތައް ކައިރިއަށް ނުގޮސް ފައިސާ ހަދިޔާކުރެވޭނެ ގޮތްވެސް ޕީއެސްއެމުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ފައިސާ ޓްރާންސްފާކުރުމަށް ދިވެހި ފައިސާ އިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ހަދިޔާކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.