ފަލަސްތީނުގެ ހައްގުގައި ބޮޑު ޓެލެތޯންއެއް ފަށައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ފެށި ޓެލެތޯންއަށް ފައިސާ ޑޮނޭޓް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ފަލަސްތީނުގެ ލޮބިވެތި ރައްޔިތުންނަށް އެހީވުމުގެ ގޮތުން "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި މިއަދު ބޮޑު ޓެލެތޯންއެއް ފަށައިފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

ޓެލެތޯން ފައްޓަވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ރާއްޖެ އަބަދުވެސް އޮންނާނީ އެންމެ އިސް ސަފުގައި ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ގައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުން ދަނީ ދެ ގައުމުގެ ދެމެދުގައި ހިނގާ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ.

"މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމުގައި ބަލަން ޖެހޭ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެދިވަޑައިގަތުމަކަށް މިއަދު ފެށި މި ޓެލެތޯން މިރޭ 12:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މާލެ ސަރަހައްދުގެ 13 ތަނަކު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. އެއީ؛

  • ޕީއެސްއެމް - ލޮޖިސްޓިކްސް އޮފީސް
  • ޕީއެސްއެމް - ސްޓޫޑިއޯ 3
  • އެމްޓީސީސީ - ވިލިމާލެ ޓިކެޓް ކައުންޓަރު
  • އެޗްޑީސީ - ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް
  • ހުޅުމާލެ ހޮސްޕިޓަލް
  • އެމްއޭސީއެލް - ޑޮމެސްޓިކް ޓާމިނަލް
  • އެމްޕީއެލް
  • އެމްޑަބްލިއުއެސްސީ
  • ދަރުމަވަންތަ ހޮސްޕިޓަލް
  • ވެލާނާގެ
  • އެސްޓީއޯ ޕީޕަލްސް ޗޮއިސް
  • އެސްޓީއޯ ހެޑް އޮފީސް
  • ސްޓެލްކޯ

ޕީއެސްއެމް އިން ބުނީ ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯން ފައްޓަވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ. އޭގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ވެސް ވަނީ ޓެނެތޯންގައި ބައިވެރިވެވަޑައިގެން ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.