"ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުން އިތުރު ހަރުފަތަށް ގެންދަންޖެހޭ"

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ. އެކަމަށް އެހީ ފޯރުކޮށް ނުދީ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ އެވެ.

ޕީއެސްމްގެ "ފަލަސްތީނާއެކު ދިވެހީން" ތެލެތޯނުގައި ބައިވެރިވެ ވަޑައިގެން ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް އިތުރު ހަރުފަތަށް ގެންދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި މޭރުމުން ވިދާޅުވީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕީއެސްއެމުން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ގައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އައި ބަޔަކު ކަމަށެވެ. އެ މަނިކުފާނު އަދި ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި ކުރިން ފަލަސްތީނު ދިފާއުކޮށް ވާހަކަ ނުދައްކާ އެތައް ބަޔަކު މިހާރު ފަލަސްތީނާއެކު، ދިފާއުގައި ތިބި އިރު އެކަމުގައި ދެމި ތިބި ދިވެހި ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ. 

ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަމަށް އެހީ ފޯރުކޮށް ނުދީ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ހުރިހާ ވިސްނުމަކާއި ހުރިހާ ފިކުރެއްގެ މީހުން މި ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވާން އެދި ވަޑައިގަންނަވާ ކަމަށެވެ.

ފަލަސްތީނުގައި ހިނގަމުންދަނީ ދެ ގައުމުގެ ދެމެދުގައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މުސްލިމުންނަށް ދިމާވާ އެ ބާވަތުގެ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި އެވެ: "ފަލަސްތީނާއި އިޒުރޭލާ ދެމެދު އޮތް މައްސަލައެއްކަމުގައި ބަލައި ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް... ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާން ޖެހޭ ކަމެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ޕީއެސްއެމް އިން އެހެން މީޑިއާތަކާ ގުޅިގެން އިންތިޒާމް ކުރި ޓެލެތޯން މާލެ ސަރަހައްދުގައި އެހީގެ ޖުމްލަ 13 ފޮށި ބަހައްޓާފައި ވެއެވެ. ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިރޭ ދަންވަރު 12:00 އާ ހަމައަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.