ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ -- ތައި އެފްޑީއޭ އިން 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން އަންގާ އެކަން އެެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.
ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއްގެ 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން އާންމުކުރި އެލާޓެއް ގައި ބުނެފައި ވަނީ ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއްގެ ކަމަށްވާ ސެވަން ސްޓާސް އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސޮޕިއެންޓެއް ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ -- ތައި އެފްޑީއޭ އިން 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން އަންގާ އެކަން އެެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.
މަނާކުރި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
މީގެ އިތުރުން ރައްކާތެރި ފިޔަވަޅެއްގެ ގޮޔުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުން ބަލާ ފާސް ކުރާނެ ކަމަށް ވެސް ބުންޏެވެ.