އަޒްހާންގެ ފޯން ފެނިއްޖެ، މަރާލި ކަމުގެ ހެެއްކެއް ނެތް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާންގެ ފޯން ފެނިފައިވާ ކަމަަށް ފުލުހުން ބުނެ އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޒްހާންގެ ފޯން ފެނިފައިވާ ކަމަށެވެ. އަދި އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ ހެެއްކެއް ވެސް ގަރީނާއެއް ވެސް ނެތް ކަމަށެވެ.

ޒުވާން އަޒުހާން: ފުލުހުން ވަނީ ދެކޭ ގޮތް ދިފާއުކޮށް ބަޔާނެއް ނެރެފައި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާންގެ ފޯން ފެނިފައިވާ ކަމަަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުހުން އެކަން ޔަގީންކޮށް ދިނީ ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި މައިގަނޑު ވާހަކައަކަށް އޮތީ ބުނެފައި ވަނީ އަޒްހާންގެ ފޯން ފެނިފައިވާ ކަމަށެވެ. އަދި އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ ހެެއްކެއް ވެސް ގަރީނާއެއް ވެސް ފެނިފައި ނެތް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އަޒްހާން ހޯދަން ފުލުހުން ހިންގާ އޮޕަރޭޝަނާއި ކުރާ ތަހުގީގު މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ވެސް ދީފައި ވެއެވެ. ބުނެފައި ވަނީ އޭނާގެ މައްސަލަ ހުށަހެޅުމާއެކު މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން މާލެ އާއި ހުޅުމާލޭގައި ގާއިމުވެފައިވާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާން ގެންގުޅޭ ފޯނު ނަންބަރު، އެންމެ ފަހުން ފޯނުގެ ސިގްނަލް ލިބިފައި ވަނީ ހުޅުމާލެ، ފޭސް ދޭއްގައި -- ހިޔާ އަވަށް -- ހުންނަ ސެލް ޓަވަރަކަށްކަން އެނގިފައިވާ ކަމަަށާއި ސެޕްޓެމްބަރު 20 ވަނަ ދުވަހު ވެސް އޭނާގެ ހަބަރެއް ވެފައި ނުވާތީ އާއިލާގެ ހުއްދައާއެކު އަޒްހާން ހޯދަން އެދުވަހުގެ ރޭގެ ވަގުތެއްގައި އާންމު އިއުލާނެއް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި އަޒްހާނާ އެންމެ ފަހުން ބައްދަލުވި ކަމަށް ފާހަގަ ކުރެވުނު މީހުނާއި ސުވާލުކޮށް އެމީހުން ފޯރުކޮށްދިން މައުލޫމާތު ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި އަމިއްލަ މީހުންގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީގަ އާއި އެހެނިހެން ގޮތްގޮތުން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އަޒްހާން މާލެއަށް ގޮސްފައިވޭތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ އިތުރުން ފުރައިގެން އެއްވެސް ދިމާއަކަށް ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ވިނިގަނޑާއި އޭނާ ފާހަގަ ކުރެވުނު ސީސީ ޓީވީ ފްޓޭޖް ލިބުނު ކެފޭ ހިމެނޭ ސަރައްދު -- މި

ފުލުހުން ބުނީ އެ އިދާރާއިން ބެލިބެލުމުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި ހުޅުމާލޭގެ ގެސްޓް ހައުސްއަކަށް ގޮސްފައިވާކަން ތަހުގީގުގަށް އެނގިފައިވާ ކަމަަށާ އަޒްހާން ދިޔަ ގެސްޓް ހައުސް އާއި އެ ސަރަހައްދުގައި ލިބެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރި ކަމާއެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލޭގެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސް ކޮށްފައިވާއިރު ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށް ފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގޭ ކަމަށް ވެސް ބަޔާން ބުނެ އެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ގޮތުގައި ހުލާސާއެއް -- މި

ފުލުހުން ބުނީ އެ މައުލޫމާތާއެކު ދެން އަޒްހާންފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލިއިރު އެ ފުޓޭޖުތަކުން އޭނާ ފެނިފައި ނުވާތީ ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު އިތުރަށް ބަލައި ފާސް ކުރުމަށް ތަހުގީގު ޓީމުން ނިންމާ އިއްޔެ އެސަރަހައްދު ބަލައި ފާސް ކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލައި ފާސްކުރުމުގެ ތެރޭ އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސް ވެފައިވަނިކޮށް ފެނިފައިވާ ކަމަށެވެ.

"… އޮކްޓޯބަރު ދެ ވަނަ ދުވަހު މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ހިސާބުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލުކޮށް ތަހުގީގު ވަނީ ފަށާފަ އެވެ. ހަމައެއާއެކު ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި މުހައްމަދު އަޒްހާންގެ ފޯނު މިހާރު ހޯދިފައިވާއިރު އަޒްހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ،"

ފުލުހުން ބުނީ އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައިރު ތަހުގީގުގައި ކުރެވެމުންދިޔަ މަސައްކަތްތައް ކޮންމެ ދުވަހަކު ގެންދިޔައީ އާއިލާއާ ހިއްސާ ކުރަމުން ކަމަަަށެވެ.

ކޮމެންޓް

1
450
ސުމަން
1 year ago

ދެން އޭނަމަރުވީ ކިހިނެއްތޯ.ދޫނި ހިފަން އުޅެނިކޮށް މަރުވެގެބް ވެއްޠުނީތޯ؟ނޫނީ ބިޓަށް ރުޅިއައިސްގެން ގޮސް އެތާ އޮށްވާ މަރުވީތޯ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.