ގާ ހުދުވާތީ ހުއްޓުވި މަޝްރޫއުތައް ކުރިއަށް ގެންދަން ހުއްދަ ދީފި

އީޕީއޭގެ މި އެންގުމާއެކު ގާތްގަނޑަކަށް 200 އެއްހާ މަޝްރޫއު ހުއްޓިގެން ދިޔަ އެވެ. މިކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރިން އޮތް ނުރައްކާ ކުޑަވެފައިވާ ކަމަށެވެ.

ތިލަފުށީ ބިން ހިއްކަނީ: ގާ ހުދުވާތީ ހުއްޓުވި މަޝްރޫއުތައް އަލުން ފަށަން ވަނީ ހުއްދަ ދީފައި --

ރާއްޖޭގައި ގާހުދުވުން -- ކޮރަލް ބްލީޗިން -- ގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ގޮތުން އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލައިފި އެވެ.

ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އީޕީއޭ އިން ވަނީ ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން އަންގާފަ އެވެ. އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެންގުން މިއަދުން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ގާ ހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތް ކަމަށާއި ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ. ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

"ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް 31 އޯގަސްޓް 2024 ގެ ފަހަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަވައި ދެއްވުމަކީ މިއޭޖެންސީގެ ވަރަށް ބޮޑު އެދުމެއް،" އެ ބަޔާނުގައިވެ އެވެ.

އީޕީއޭގެ މި އެންގުމާއެކު ގާތްގަނޑަކަށް 200 އެއްހާ މަޝްރޫއު ހުއްޓިގެން ދިޔަ އެވެ. މިކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރިން އޮތް ނުރައްކާ ކުޑަވެފައިވާ ކަމަށެވެ.

"ކުރިއަށް އޮތްތަނުގަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރައްވާނީ އީޕީއޭގެ އެ އޮންނަ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓްގަ އެ އޮންނަ ގޮތަށް ކަމަށްވަންޏާ ފަޅުތަކަށާ ފަޅުތަކަށާ ދިމާވާ ތިމާވެށީގެ ގޮތުން ދިމާވާ މައްސަލަތައް ކުޑަކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އީޕީއޭއިން އެ ފިޔަވަޅު އެޅުމުން ވަރަށް ގިނަ ފަރާތްތަކުން އިޖާބަ ދިންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.