ތައިލެންޑްގެ އެންމެ ބޮޑު ބާޒާރުގައި ރޯވެ، ހާހެއްހާ ޖަނަވާރު މަރުވެއްޖެ

މާކެޓުގެ މި ޒޯނަކީ ގަވާއިދުން އިންސްޕެކްޝަން ކުރާ ޒޯނެކެވެ. އެކަމަކު އެތާނގައި ޖަނަވާރުތައް ގެންގުޅުމުގެ ހާލަތު ދަށްވުމުން ފާޑުކިޔުންތައް އަމާޒުވެފައި އޮވެ އެވެ.

ރޯވި ބާޒާރުގެ ފިހާރައެއްގެ ތެރެއިން ކޮށިތަކެއް ނެރެނީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަޝްހޫރު އޯޕަން އެއާ ޗަޓޫޗަކް ބާޒާރުގެ ޒޯނެއްގައި އަލިފާނުގެ ރޯވެ، ގިނަ އަދަދަކަށް ފިހާރަ އަނދާ ހުލިވެ ހާހެއްހާ ޖަނަވާރު މަރުވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. 

ޗަޓޫޗަކް ޑިސްޓްރިކްޓް އޮފީހުން ބުނި ގޮތުގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނުތާ 30 މިނެޓް ފަހުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ. މި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ޗަޓޫޗަކް މާރުކޭޓުގެ ޕެޓް ޒޯން އަނދައިގެން ދިޔައިރު ދޫނިތަކާއި ބުޅަލާއި ބަނޑޮއި ހަރުފާއި އެހެން ވެސް ޖަނަވާރާއި ސޫފި ހިމެނޭ ކޭޖްތަކުގައި ރޯވެ އަނދައިގެން ދިޔަ އެވެ. 

ވަރަށް ހަނި ގޯޅިތައް ހިމެނޭ ގޮތަށް ދިހަހާސް ފިހާރަ ތޮއްޖައްސާފައިވާ ޗަޓޫޗަކް އަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އެއް ބާޒާރެވެ. ތައިލެންޑްގެ ހަފްތާ ބަންދުގައި ބާއްވާ މާކެޓްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މާކެޓަކީ ވެސް ޗަޓޫޗަކް ބާޒާރެވެ. ހޮނިހިރު އާދީއްތައެއްގައި ނަމަ އެ ބާޒާރަށް 200،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރެ އެވެ.

މާކެޓުގެ މި ޒޯނަކީ ގަވާއިދުން އިންސްޕެކްޝަން ކުރާ ޒޯނެކެވެ. އެކަމަކު އެތާނގައި ޖަނަވާރުތައް ގެންގުޅުމުގެ ހާލަތު ދަށްވުމުން ފާޑުކިޔުންތައް އަމާޒުވެފައި އޮވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.