ސްޓޫޑެންޓް ލޯނު ލިސްޓަށް ޝަކުވާ ހުށަހަޅަން 15 ދުވަސް

މި ލިސްޓު އާންމު ކޮށްފައި ވަނީ މިއަދު އެވެ. މިއަދު އިއުލާނުކުރި ނަތީޖާއާމެދު ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ، ޝަކުވާ މެއިލް ކުރާނީ loan2024@mohe.gov.mv އަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު މާރިޔާ: ސްޓޫޑެންޓް ލޯން ޝަރުތު ހަމަވާ ލިސްޓަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލައިފައި --

މި އަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

ލޯނު ލިސްޓު އާންމު ކޮށްފައި ވަނީ މިއަދު އެވެ. މިއަދު އިއުލާނު ކުރި ނަތީޖާއާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ޝަކުވާ މެއިލް ކުރާނީ loan2024@mohe.gov.mv އަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ހުޅުވައިލީ ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ވަނީ ނިންމާފަ އެވެ.

މިނިސްޓްރީން ބުނީ ލޯނަށް އެދި 1709 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 1153 ދަރިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ހޮވިފައި ވަނީ 1015 ދަރިވަރުންނެވެ. ހޮވުނު ދަރިވަރުންނަށް ބުރާސްފަތި ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ދޭނެ އެވެ.

މިއަދު އިއުލާނު ކޮށްފައި ވަނީ ޕައިލެޓް ލައިސެންސް ސްލޮޓްގެ ވަގުތީ ނަތީޖާ އެވެ. ނަމަވެސް އިއުލާނުކޮށްފައި ވަނީ އެހެނިހެން ސްލޮޓްތަކުގެ ދާއިމީ ނަތީޖާ އެވެ. ޕައިލެޓް ސްލޮޓްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ. އަދި އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ދަރިވަރުންގެ ނަތީޖާ ލިބެން ހުންނާނީ މިނިސްޓްރީގެ "މައި އެޑިޔު ޕޯޓަލް" އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.