އަނަންތަރާއިން ގުރައިދޫ މަރުކަޒަށް ޓީވީ ހަދިޔާކޮށްފި

މި ޓީވީތައް ހަވާލުކޮށްފައި ވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް މެނޭޖަރު ފާތިމަތު ޝާޒްލީން އެވެ. މި ތަކެއްޗާއި ގުރައިދޫ މަރުކަޒުން ހަވާލުވެވަޑައިގެންނެވީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ޖައިޝަމް އެވެ.

ގުރައިދޫ މަރުކަޒަށް ޓީވީ ހާދިޔާކުރަނީ --

އަނަންތަރާ ވެލި، އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުން ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފަސް ސްމާޓް ޓީވީ ހަދިޔާކޮށްފި އެވެ.

މި ޓީވީތައް ހަވާލުކޮށްފައި ވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް މެނޭޖަރު ފާތިމަތު ޝާޒްލީން އެވެ. މި ތަކެއްޗާއި ގުރައިދޫ މަރުކަޒުން ހަވާލުވެވަޑައިގެންނެވީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ޖައިޝަމް އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނީ ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކުރެވުނު ފަސް ސްމާޓް ޓީވީ ބޭނުން ކުރާނީ ރީއިންޓެގްރޭޝަން ވޯޑާއި ކުޑަކުދިންގެ ވޯޑުގައި ކަމަށެވެ. އަދި މިތަކެތި ވެގެންދާނީ، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންތެރި ތައުލީމީ އަދި މުނިފޫހިފިލުވުމުގެ މުހިންމު ވަސީލަތަކަށް ކަމަށެވެ. 

"ފަރުވާގެ މުއްދަތުގައި ކޮންމެ ފަރާތަކީވެސް އުފާވެރި، ހިތްފަސޭހަ ވަގުތުކޮޅެއް މަރުކަޒުގައި ހޭދަކުރާ ފަރާތަކަށް ހެދުމަކީ މި ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒު،" މިނިސްޓްރީން ބުންޏެވެ.

ޓީވީ ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ރިސޯޓުގެ ފަރާތުން ބައިވެރިވި ޓީމަށް ގުރައިދޫ މަރުކަޒު ވަނީ ދައްކާލާފަ އެވެ. އަދި މަރުކަޒުގައި ފަރުވާ ދެމުންދާ ފަރާތްތަކާއި ބައްދަލުކޮށް، ވާހަކަދައްކާ، ހާލު ބަލާލުމުގެ ފުރުސަތު ވެސް އެ ޓީމަށް ފަހިކޮށްދީފައިވެ އެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާއެކު ކޭކް ފެޅުމުގެ ހާއްސަ ހަރަކާތެއް ވެސް ވަނީ ބާއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.