ތިލަފުށީ ބިމެއްގައި ހުރި ތަކެތި ނަގަން އަންގައިފި

ނަމަވެސް ވެރިފަރާތް ނޭންގޭ އެކްސެވޭޓަރެއް އެ ލޮޓްގެ ކުރިމަތީގައި އިތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުނދަގޫވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ތިލަފުށި: ކުއްޔަށް ދީފައިވާ ބިމެއް ހުސްކުރަން ވަނީ އަންގާފައި -- އެޗްޑީސީގެ ފޮޓޯއެއް

ކ. ތިލަފުށީގެ ބިން ނަންބަރު އެސް5-15 ގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްސީޑީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިމަކީ މީހަކަށް ކުއްޔަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިން އެފަރާތާ ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ވެރިފަރާތް ނޭންގޭ އެކްސެވޭޓަރެއް އެ ލޮޓްގެ ކުރިމަތީގައި އޮތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުނދަގޫވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. 

ހުސްކުރަން އަންގާފައިވާ ބިން ފާހަގަކޮށްފައި --

އޭގެ ވެރިފަރާތުން އެ ކުންފުނީގެ ކޯލްސެންޓަރުގެ ހޮޓްލައިން، 1516 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. އަދި 15 ދުވަސްތެރޭގައި އުޅަނދުތަކާއި ތަކެތި ނުނަގައިފިނަމަ، އެއީ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ކަމަށް ބަލައި، އެތަކެއްޗާމެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.