ބަޓާ ޗިކަން ފުރަތަމަ ހެދި މީހަކު ކަށަވަރުނުވެ މައްސަލަ ކޯޓަށް

މި މައްސަލަ ޖެހިގެން މިއުޅެނީ ފުރަތަމަ ބަޓަރ ޗިކަން ހެދި މޯތީ މެހެލް ރެސްޓޯރެންޓްގެ ބައިވެރިންގެ ކާފަ ދަރިންގެ މެދުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކެއުމުގެ ބާވަތެއް ކަމުގައިވާ "ބަޓާ ޗިކަން' އަށް ގާނޫނީ މައްސަލައެއް ކުރިމަތި ވެއްޖެ އެވެ.

މައްސަލަ ފެންމަތިވީ އިންޑިއާގެ ދެ ރެސްޓޯރެންޓަކުން، އެ މީހުން ފުރަތަމަ ބަޓާ ޗިކަން ހެދި ކަމަށް ދައުވާ ކުރުމުންނެވެ. 

ބަޓާ ޗިކަން އަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިވުމުގެ ވެސް ކުރީގެ ފެށުމެކެވެ. އެ ގޮތުން 1947 ގައި މޯކާ ސިންގް ކިޔާ މީހަކު ޕެޝާވަރުގައި (މިހާރު ޕާކިސްތާނުގެ ތަނެއް) މޯތީ މެހެލް ކިޔާ ރެސްޓޯރެންޓެއް ހުޅުވި އެވެ. އިންޑިއާ އާއި ޕާކިސްތާން ވަކިވި ހިސާބުން މޯކާ ސިންގްގެ ރެސްޓޯރެންޓް ދިއްލީއަށް ބަދަލުކޮށް އޭނާއާއެކު ޕެޝާވަރުގައި މަސައްކަތް ކުރި ތިން މީހުންނާއެކު ކުރިއަށް ދިޔައެވެ. 

އެ ތިން ބައިވެރިންނަކީ ކުންޑަން ލާލް ގުޖްރާލް، ކުންޑަން ލާލް ގުޖްރާލްގެ ދެބެންގެ ދެދަރި ކުންޑަން ލާލް ޖައްގީ އަދި ތާކޫރު ދާސް މަގޯ އެވެ. -- ވަރަށް މުހިއްމު ނަންތަކެއް-- މި މީހުން އެކުގައި މަސައްކަތް ކުރީ ދިއްލީގެ ދާރިޔާގަންޖް އަވަށުގަ އެވެ. ޕެޝާވަރުގައި ރެސްޓޯރެންޓް ހިންގި އިރުވެސް ބަޓާ ޗިކަން ހަދާ ކަހަލަ ގޮތަކަށް ޓޮމާޓޯ ގްރޭވީއާއި ބަޓަރު އަދި ތަންދޫރީ ކުކުޅުގެ ބާކީ ކުކުޅުކޮޅު އަޅައިގެން ކެއުމެއް ތައްޔާރުކޮށް ވިއްކަމުން ދިޔަ ކަމަށް ވެއެވެ.

އެހިސާބުން ދިއްލީގައި ބަޓާ ޗިކަން ވެގެން ދިޔައީ ހިޓަކަށެވެ. އޭރުގެ ސަރުކާރުގެ މިނިސްޓަރުންނާއި އަދި ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫ ވެސް މި ރެސްޓޯރެންޓްގެ ބަޓާ ޗިކަން ފަރިއްކުޅުވާ ކަމަށް ވެއެވެ. އަދި ސަރުކާރުގެ ބޮޑެތި ރަސްމީ ހަފްލާތަކުގައި ނަން މަޝްހޫރު ކެއުމެއްގެ ގޮތުގައި ބަޓާ ޗިކަން ވިއެވެ.

ނަމަވެސް ގުޖްރާލް މަރުވުމާ ގުޅިގެން މާލީ ގޮތުން ދިމާވި ދަތިތަކުގެ ސަބަބުން މޯތީ މެހެލް ވިއްކާލަން ޖެހުނެވެ. ނަމަވެސް ބަޓާ ޗިކަން އުފެއްދީ އެމީހުންގެ ކާފަ ކަމަށް އެމީހުން އަބަދު ވެސް ގަބޫލު ކުރެއެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނާގެ ދަރިން އިތުރު ރެސްޓޯރެންޓެއް ކަމަށްވާ މޯތީ މެހެލް ޑިލަކްސް ހުޅުވި އެވެ. މިހާރު ވެސް މި ރެސްޓޯރެންޓްތައް ދިއްލީގެ އެކި ހިސާބުގައި ހުރެއެވެ.

ބަޓާ ޗިކަން ފުރަތަމަ ހެދި ބަޔަކު ޔަގީން ނުވެ ކޯޓަށް ދާން ޖެހުނީ 2019 ވަނަ އަހަރު ޖައްގީގެ ކާފަ ދަރި ދަރިޔާގަންޖް ކިޔާ ރެސްޓޯރެންޓް ތަކެއް ދިއްލީގައި ހުޅުވާ އެތަނުގެ ސްލޯގަން އަކަށް ބޭނުންކުރީ "ދަރިޔާގަންޖް – ބައި އިންވެންޓާސް އޮފް ބަޓާ ޗިކަން" އެވެ.

މީ މައްސަލަ ޖެހުނު ހިސާބެވެ. ބަޓާ ޗިކަން ފުރަތަމަ ހެދީ އެމީހުން ކަމަށް ބުނުމުންނެވެ. އެކަމާއި ގުޅިގެން ގުޖްރާލްގެ ކާފަ ދަރި އަދި މޯތީ މެހެލް ދިލަކްސްގެ ވެރިޔާ މޮނިޝް މި އަހަރު މައްސަލަ ކޯޓަށް ހުށަހެޅި އެވެ. މި ދައުވާގައި ބުނަނީ ދަރިޔާގަންޖްގެ ވެރިން ހަދަނީ ދޮގު ކަމަށާއި ބަޓާ ޗިކަން ފުރަތަމަ ހެދީ މޮނިޝްގެ ކާފަ ކަމަށް ދެކޭތީ ގެއްލުމުގެ ބަދަލު ހޯދަން އެދޭ ކަމަށެވެ.

ދާރިޔާގަންޖްގެ ސީއީއޯ އަމިތު ބަގްގާ ރެސްޓޯރެންޓް ހިންގަނީ ކުންޑަން ލާލް ޖައްގީގެ ކާފަދަރި ރާގަވް ޖައްގީއާ އެކު އެވެ. ބަގްގާ ގަބޫލު ކުރާ ގޮތުގައި އެ މީހުންގެ ރެސްޓޯރެންޓަށް އެ ސްލޯގަން ބޭނުން ކުރުމުގެ ހައްގު އޮންނާނެ އެވެ. އޭގެ ހެއްކަކީ 2018 ވަނަ އަހަރު ދީފައިވާ ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކް ސެޓްފިކެޓް ގައި ޓެގްލައިން "ދަރިޔާގަންޖް: ބައި ދަ އިންވެންޓާސް އޮފް ބަޓާ ޗިކަން" ބޭނުން ކުރުމުގެ ހުއްދަ ދީފައިވާތީ އެވެ. މައްސަލައިގެ އަޑުއެހުމެއް ނިމިދިޔަ މޭ މަހު ފަހުކޮޅު ބާއްވާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަޓަރ ޗިކަން ފުރަތަމަ ހެދީ ކޮންމެ މީހަކު ކަމުގައި ވިޔަސް ދިވެހިންގެ ތެރޭގައި ވެސް ބަޓާ ޗިކަންއަކީ ވަރަށް މަގުބޫލު ކެއުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.