1709 ލޯނު އެޕްލިކޭޝަން ؛ 1153 ދަރިވަރުންގެ ޝަރުތު ހަމަވޭ

މިއަދު އިއުލާނުކުރި ނަތީޖާއާމެދު ޝަކުވާ ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ދަސްވެނިވުމުގެ ފޮޓޯއެއް: މިއަހަރު 1153 ދަރިވަރުން ވަނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވެފައި --
  •  ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ލިސްޓު އާންމުކޮށްފި
  •  ކޮލިފައިވީ 1153 ދަރިވަރުން
  •  މިހާތަނަށް ސެލެކްޓް ވެފައި ވަނީ 1015 ދަރިވަރުން

މިއަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓު އާންމު ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ހުޅުވައިލީ ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ވަނީ ނިންމާފަ އެވެ.

މިނިސްޓްރީން ބުނީ ލޯނަށް އެދި 1709 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 1153 ދަރިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ހޮވިފައި ވަނީ 1015 ދަރިވަރުންނެވެ. ހޮވުނު ދަރިވަރުންނަށް ބުރާސްފަތި ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ދޭނެ އެވެ.

މިއަދު އިއުލާނުކުރި ނަތީޖާއާމެދު ޝަކުވާ ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މިނިސްޓްރީން ބުނީ މިއަދު އިއުލާނު ކޮށްފައި ވަނީ ޕައިލެޓް ލައިސެންސް ސްލޮޓްގެ ވަގުތީ ނަތީޖާ ކަމަށެވެ. ނަމަވެސް އިއުލާނުކޮށްފައި ވަނީ އެހެނިހެން ސްލޮޓްތަކުގެ ދާއިމީ ނަތީޖާ ކަމަށެވެ. ޕައިލެޓް ސްލޮޓްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ. އަދި އަދި އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ދަރިވަރުންގެ ނަތީޖާ ލިބެން ހުންނާނީ މިނިސްޓްރީގެ "މައި އެޑިޔު ޕޯޓަލް" އިންނެވެ.

މިއަހަރު ޕައިލެޓް ލައިސެންސަށް 10 ސްލޮޓް

މިނިސްޓްރީން ބުނީ މިއަހަރު ޕައިލެޓް ލައިސެންސްސަށް ދިނީ 10 ސްލޮޓް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، މިދިޔަ އަހަރު 500 އަށްވުރެ ގިނަ ދަރިވަރުންނަށް ޕައިލެޓް ލައިސެންސަށް ލޯނު ދޫކުރުމުގެ ސަބަބުން އެއް ދާއިރާއަކުން ކިޔަވަން ދޫކުރި ލޯނު ގިނަވެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އެގޮތުން، އެއް ދާއިރާއަކުން ކިޔެވުމަށް އެހާ ގިނަ ފުރުސަތު ދިނުމުގެ ސަބަބުން ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، އެހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މިއަހަރު ލޯނަށް ހުޅުވާލުމުން މި ދާއިރާއިން ކިޔަވަން ލޯނު ހުށަހެޅި ދަރިވަރުންގެ ތެރެއިން 148 ދަރިވަރުން ޝަރުތު ހަމަވެ އެވެ. އެހެންކަމުން ޕައިލެޓް މިނިސްޓްރީން ނިންމާފައި ވަނީ ލައިސެންސަށް ކިޔެވުމަށް އިއުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށެވެ.

އަދި، މި ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވާ އެހެން ހުރިހާ ދަރިވަރުން މިއަހަރު އިއުލާންކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހްތިޔާރު ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.