ހައްޖުގައި ހޫނު ގަދަ ވެގެން ދިމާވާ މައްސަލަތައް ދަށަށް: ރިޕޯޓް

މި ހާއްސަ ދިރާސާގައި ކަންކަން ދެނެ ގަތުމަށް ހައްޖު މޫސުމާބެހޭ 40 އަހަރުގެ މެޑިކަލް ޑޭޓާ އެނަލައިޒްކޮށްފައި ވެއެވެ.

ހައްޖަށް ގޮސް ބަޔަކު އަވި ކުޑަ އަޅައިގެން: ސައުދީ ސަރުކާރުން ކުޑަ ހިލޭ ބަހައިދޭ

ހައްޖުގެ އަޅުކަމުގެ ތެރޭގައި ހޫނު ގަދަވުމާއި ގުޅިގެން މަރުވާ މީހުންނާއި ސްޓްރޯކް ޖެހިގެން މަރުވާ މީހުންގެ އަދަދު ސައުދީ އަރަބިއްޔާ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 40 އަހަރުގެ ތެރޭގައި 47.6 ޕަސެންޓް އަދި 74.6 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މި އަހަރުގެ މެއި މަހު ޝާއިއުކުރި ދިރާސާއަކުން ދައްކައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީން އާދީއްތަ ދުވަހު ބުނީ މި ދިރާސާއަކީ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ދިރާސާއެއް ކަމަށެވެ.

މައްކާގެ ފިނި ހޫނުމިން 10 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 0.4 ޑިގްރީ ސެލްސިއަސް މައްޗަށް ދިޔަ ނަމަވެސް ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތައް ކާމިޔާބު ކަމަށް ދިރާސާއިން ދައްކައެވެ. ޖާނަލް އޮފް ޓްރެވަލް މެޑިސިންގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ވަނީ ހައްޖު މޫސުމުގައި އެންބިއަންޓް ފިނިހޫނުމިން އިތުރުވުމާއި ސިއްހީ ހާލަތާ އޮތް ގުޅުން ދެނެގަނެފައިވާ ކަމަށެވެ.

ހައްޖުވެރިންނަށް ހޫނުގަދަވުމުގެ ސަބަބުން ދިމާވާ ސިއްހީ ނުރައްކާތައް ކުޑަ ކުރުމަށް ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހުޅުވާލެވިފައިވާ ތަންތަނުގައި ވައި ފިނިކުރުމަށް މިސްޓް ފަންކާ ބޭނުން ކުރުން ހިމެނޭ ކަމަށް އެ ރިޕޯޓާ ހަވާލާދީ އެސްޕީއޭ އިން ބުންޏެވެ. އަދި ފެނާއި އަވި ކުޑަ ސަރުކާރުން ބަހަ އެވެ. އެއާކޮންޑިޝަން ޓްރާންސްޕޯޓް އޮޕްޝަންތައް ލިބެން ހުންނަ ކަމަށާއި އޭގެ ތެރޭގައި މަޝާރު ރޭލު ދަތުރު ހިދުމަތްތައް ވެސް 2010 އިން ފެށިގެން ދެމުންދެ އެވެ.

ސައުދީން ވަނީ ހައްޖުގެ އަޅުކަމުގައި ހިލޭ ސިއްހީ ހިދުމަތްތައް ލިބުމުގެ އިތުރުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ވެސް ހިންގާފައި ކަމަށް ރިޕޯޓުގައި ވެއެވެ. އެގޮތުން ގުދުރަތީ ވައި ދައުރު ވާނެ އިންތިޒާމް ރަނގަޅުކޮށް، ގެފުޅުގެ ފިނިހޫނުމިން ދަށް ކުރުމަށް ޓަކައި އެންވަޔަރަންމަންޓަލް އިންޖިނިއަރިން އާއި ބިލްޑިން ޑިޒައިން ސްޓްރެޓެޖީތައް ތައާރަފް ކުރުން ފަދަ ދިގު މުއްދަތުގެ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. ހިޔާ ލިބޭ ތަންތަން އިތުރުވެ، ތޮއްޖެހުން ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގައުމުތަކުން މީހުން ގޮސްފައި ވާއިރު ކޮންމެ އަހަރަކު ވެސް 180 އަށް ވުރެ ގިނަ ގައުމުތަކުން އެތައް މިލިއަން މީހުނެއް ހައްޖަށް ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.