ބަރުދަން ލުއި ކޮށްދޭ ބައެއް ކާނާ ؛ އެންމެ މުހިންމީ ހިތްވަރު

ހަށިގަނޑު ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ނުގުޑާފަދަ އަޒުމެއްގައި އެއްވާނެއްގައި މަސައްކަތް ކުރަން ޖެހެ އެވެ.

ބަރުދަން ލުއި ކުރުމަށް މީހުން ތަފާތު ކަންކަން ކުރި ނަމަވެސް އެއްވާނެއްގައި ހިތްވަރުލައިގެ މަސައްކަތެއް ނުކުރެވެ އެވެ.

ދުޅަހެޔޮ ރަނގަޅު ހަށިގަނޑެއް ލިބުމަކީ ވަރަށް ގިނަ މީހުންގެ އުއްމީދެއް އަދި ހުވަފެނެކެވެ. އެފަދަ ހަށިގަނޑެއް ލިބޭނީ ވަރަށް މަސައްކަތާއި ހިތްވަރު ކޮށްގެނެވެ. އެގޮތުން ވަރަށް ގިނަ މީހުން ބަރުދަން ލުއި ކުރުމަށް ތަފާތު އެކި ކާނާ އާއި އެކި ކަހަލަ ސަރުބަތުތައް ބޮއެ ހަދައެވެ. ނަމަވެސް ގިނަ ފަހަރު އެއްގޮތުގައި އެއްވަރަކަށް ބަރުދަން ލުއި ކުރުމުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުން ދެތިން ހަފްތާ ބަލައިގެން އުޅުމުން ހިކުނު ތަންކޮޅު ދެގުނަ އިތުރު ވެއެވެ. މިހެން މެދުވެރި ވަނީ ޑައިޓް ކުރަންވާ އެންމެ ރަނގަޅަށް ނުކުރެވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅު ފޯމިއުލާއަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ގަވައިދުން ކެއުމެވެ. ބަރުދަން ލުއި ކުރުމަށް ބޭނުންވާ ނަމަ ނުގުޑާފަދަ އަޒުމެއްގައި އެއްވާނެއްގައި މަސައްކަތް ކުރަން ޖެހެއެވެ.

މި ބަލާލަނީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ސިއްހަތަށް ފައިދާހުރި ބައެއް ކާނާއަށެވެ.

އޯގަނިކް ސްމޫތީ

ތަރުކާރީއާއި މޭވާ ގަވައިދުން ކެއުމަށް އުނދަގުވާ މިހުން އޭގެން ސްމޫތީ ހަދާލައިގެން ބުއިމުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބޭނެ އެވެ. މިގޮތަށް ހަދާލާ ސްމޫތީތަކުގައި ކެލޮރީވެސް ހުންނަނީ ވަރަށް ދަށްކޮށެވެ. އެހެން ކަމުން ބަރުދަން ލުއި ކުރުމަށް އެހީތެރިވެދެ އެވެ. ތަރުކާރީ އާއި މޭވާ ބޭނުން ކުރާއިރު އެއީ ކެމިކަލް ބޭނުން ނުކޮށް އުފައްދާ ކާނާތޯ ކަށަވަރު ކުރުމަކީ ބޮޑިތެ ބަލިތަކުން ސަލާމަތްވެ ތިބުމަށް ވަރަށް މުހިއްމު ކަމެކެވެ. ސްމޫތީ ހަދާއިރު ބޮޑަށް އިސްކަން ދޭނީ ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓްސް އަދި ފައިބަރު ލިބޭ މޭވާ އާއި ތަރުކާރީ ބޭނުން ކުރާށެވެ. އޭރުން ބަރުދަން ލުއި ކުރަން އެހީ ވެދޭނެ އެވެ.

ސެލްމަން

މަހުގެ ބާވަތެއް ކަމަށްވާ ސެލްމަން އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީންއާއި އޮމެގާ-3 ފެޓީ އެސިޑް ހިމެނޭ ކާނާ އެކެވެ. މީވެސް ލޯ ކެލޮރީގެ ކާނާއެއް ކަމުން ބަރުދަން ލުއި ކުރުމަށް ފަސޭހަ ވެގެން ދާނެ އެވެ. އަދި އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން އިންފްލެމޭޝަން ދަށްކޮށްދެ އެވެ. ސެލްމަން އިން ވިޓަމިން ޑީ ވެސް ލިބެ އެވެ. ވިޓަމިން ޑީ ގެ ސަބަބުން ބަރުދަން ލުއި ވެއެވެ. މަހުގެ ބާވަތްތަކުން އަޔޮޑިން ހަށިގަނޑަށް ލިއްބައި ދެއެވެ. 

އަޔޮޑިންއަކީ ތައިރޮއިޑް ގްލޭންޑް ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާއްދާއެކެވެ. ތައިރޮއިޑް އިން މެޓަބޮލިޒަމް ރަނގަޅުކޮށް ދިނުމަށް ބޭނުންވާ ހޯމޯން އުފައްދައެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން މަސައްކަތް ކުރާއިރު ތައިރޮއިޑް ގްލޭންޑް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓަކީ ޕްރޮޓީން އާއި ކެލްސިއަމް އޭގައި ހިމެނޭ އަނގައަށް މީރު ޔޯގަޓެކެވެ. ގްރީކް ޔޯގަޓް ދުވާލަކު ދެފަހަރު ހަތަރު ހަފްތާ ވަންދެން ކެއުމުން ބަރުދަން ލުއިވުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ގްރީކް ޔޯގަޓަކީ ޕްރޯބައޮޓިކް ލިއްބައިދޭ ކާނާ އެކެވެ. ޕްރޯބައޮޓިކްއަކީ ގަޓް ހެލްތަށް ބޭނުންވާ ލައިވް ބެކްޓީރިއާ އެވެ. އޭގެ ސަބަބުން އިންފްލަމޭޝަން ދަށްކޮށްދީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލެޔަށް ފޮނުވާ ދެއެވެ.

ބިސް

ބިހަކީ ވެސް ބަރުދަން ލުއި ކުރުމަށް ކެއުމުގައި ހިމެނުން މުހިއްމު އެއްޗެކެވެ. ބިހުން ވެސް ޕްރޮޓީން އާއި ހެލްތީ ފެޓް ހަށިގަނޑަށް ލިބެއެވެ. އަދި ބިހުގައި ގިނަ އަދަދަކަށް ވިޓަމިންއާއި މިނަރަލް ހިމެނެއެވެ. ބިސް ކެއުމުން ފުރިފައި ހުންނަ އިހްސާސް ކޮށްދިނުމުގެ ސަބަބުން ގިނައިން ކެއުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް އެލްޑީއެލް ކޮލެސްޓްރޯލް މައްޗަށް ދާ ފަރާތްތަކުން ހަފްތާއަކު 3 ބިހަށްވުރެ ގިނައިން ނުކެއުމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ.

ބާވަތްބާވަތުގެ ބަދަން

ބަދަނީ ހަށިގަނޑަށް ފައިދާހުރި އަދި ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން ކެއުން މުހިއްމު އެއްޗެކެވެ. ބަދަނުން ޕްރޮޓީން، ފައިބަރު އަދި ރަނގަޅު ފެޓް ލިބެ އެވެ. އަދި ބަދަން ކެއުމުން ގިނައިން ކެއުން ކޮށްޓްރޯލު ކުރަން އެހީވެ ދެއެވެ. ބަދަނުން މެޓަބޮލިޒަމް ރަނގަޅު ކޮށްދިނުމަށް އެހީތެރި ވެއެވެ. ބަދަން ވެސް މާ ގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ތަރުކާރީ

މީ އާ ވާހަކައަކަށް ނުވާނެވެ. ބަރުދަން ލުއި ކުރުމަށް ބޭނުންވާ ނަމަ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތަރުކާރީ ކެއުމުން ބަނޑުހައިވުން ލަސްކޮށްދިނުމާއެކު ހަށިގަނޑަށް ބޭނުންވާ އެތައް ވިޓަމިން އަކާއި މިނަރަލްވެސް ލިބެ އެވެ. ތަރުކާރީގެ ތެރެއިން ވެސް އެ މީހަކަށް ކާން ފަސޭހަ މީރު ތަރުކާރީ ގިނައިން ކެއުމަށް އާދަ ކުރުމަކީ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެކެވެ. ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ތަރުކާރީގެ ތެރޭގައި ބްރޮކޮލީ، ސްޕްނިޗް، ކޮލިފްލާވާ ފަދަ ތަރުކާރީ ހިމެނެއެވެ.

މީ ބަރުދަން ލުއި ކުރުމަށް ބޭނުންވާނަމަ ކެއުމުގައި ހިމެނުން މުހިއްމު ބައެއް ކާނާ އެވެ. މީގެ އިތުރަށް ވެސް ބަރުދަން ލުއި ކުރުމަށް ކެއުން ރަނގަޅު އެތައް ކާނާއެއް ހުރެއެވެ. ބަރުދަން ލުއިކުރުމަށް އެންމެ މުހިއްމީ ހިތްވަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.