ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިވުމަށް ގައުމީ އެކްޝަން ޕްލޭނެއް

މި އެކްޝަން ޕްލޭން އެކުލަވާލުމަށް އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކަމާ ގުޅުންހުރި ފަރާތްތަކުން ބައިވެރިވެގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ އެވެ.

ކުޑަކުދިންތަކެއް އުރާލައިގެން ބަޔަކު މައިޒާނެއްގައި؛ ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށާއި، އެކަމަށް ފިޔަވަޅު އެޅުމަށް ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. 

"ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގް އެންޑް ރެސްޕޮންޑިންގް ޓު ވައިލެންސް އަގައިންސްޓް ޗިލްޑްރެން" އަކީ 2024 އިން 2028 ނިޔަލަށް އަމަލުކުރެވޭނެ އެކްޝަން ޕްލޭނެކެވެ. މި އެކްޝަން ޕްލޭނާ މެދު މަޝްވަރާކުރުމަށް އިއްޔެ އަދި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ.

މި ބައްދަލުވިމުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރައުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށާއި، އެކަމަށް ފިޔަވަޅު އެޅުމަށް އެލުލަވާލާ ގައުމީ އެކްޝަން ޕްލޭނާއި ގުޅޭ ގޮތުން ބޭއްވި މަޝްވަރާގައި ބައިވެރިވި ބައެއް ބޭފުޅުން؛

މި ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަން ހާމަކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ، ބައްދަލުވުމުގެ ތެރެއިން މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވުނު ކަމަށެވެ. 

މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެމަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެއް ކަމަށާއި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދުދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހައި ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.