ފީފާގެ ރައީސް އާއި ޖަނާގެ ބައްދަލުވުމެއް، ދުނިޔޭގެ ފުޓުބޯޅައިގެ މަޝްވަރާތަކެއް

މި ބައްދަލުވުމަށް ފަހު އިންފަންޓީނޯ ވަނީ ޖަނާއާ ގުޅިގެން މަސައްކަތް ކުރައްވަން ފައްޓަވާކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އާއި ޖަނާ ބައްދަލު ކުރައްވަނީ

އދ. ގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައި ފުޓުބޯޅައިގެ މަޝްވަރާ ތަކެއް ކުރައްވައިފި އެވެ. 

މި ހާއްސަ ބައްދަލުވުމުން އޮތީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ފީފާގެ މައި އޮފީހުގަ އެވެ. ފީފާގެ ރައީސް އިންފަންޓީނޯގެ ހާއްސަ ދައުވަތަކަށް ފީފާގެ ގަތަރު ހެޑްކުއަޓަރަށް ވަޑައިގަތް ޖަނާއަށް ފީފާގެ ރައީސް ވަނީ މި އަހަރަށް ފީފާ އިން ނެރެފައިވާ ފުޓްބޯޅަ ހަދިޔާކޮށްފަ އެވެ. 

މި ބައްދަލުވުމަށް ފަހު ޖަނާ ވަނީ ބައްދަލުވުމުގެ ބައެއް މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފަ އެވެ. އަދި ފީފާގެ ރައީސް އިންފަންޓީނޯ ދުނިޔޭގެ ފުޓުބޯޅަ ކުރިއަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފައިވެ އެވެ.  

މި ބައްދަލުވުން ނިމުނުތާ ކުޑައިރުކޮޅެއް ފަހުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ޖަނާއާއެކު ހުރި ފޮޓޯއަކާއެކު ސްޓޯރީއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފަ އެވެ. އެ ސްޓޯރީއާއެކު ލިޔުއްވާފައިވާ ގޮތުގައި ޖަނާއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެ އެވެ. 

ފީފާގެ ރައީސް އެންމެ ފަހުން ރާއްޖެ އައި ކަމަށް މީޑިއާތަކުގައި މަޝްހޫރު ވެގެން ދިޔައީ ވޯލްޑް ކަޕް ނިންމާލުމަށްފަހު 2022 ވަނަ އަހަރު އެވެ. އެފަހަރު އޭނާ މަޑުކުރެއްވީ ޖަނާ އާއި މެދުއިރުމަތީގެ މަހުޖަނެއް ގުޅިގެން ތަރައްގީކޮށްފައިވާ ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާގަ އެވެ.  

ފީފާ އިން މިހާރު ދަނީ 2026 ގައި އެމެރިކާގައި އޮންނަ ދުނިޔޭގެ ފުޓުބޯޅައިގެ އީދު ވޯލްޑްކަޕަށް ތައްޔާރު ވަމުންނެވެ. މި އަހަރުގެ ވޯލްޑްކަޕް އެމެރިކާގެ 11 ސިޓީއެއްގައި އޮންނާނެ އެވެ. އެންމެ ފަހުން ވޯލްޑްކަޕް އޮތީ 2022 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. މިއީ ފީފާގެ ތާރީހުގައި ވެސް ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.