އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ބަލައިގަނެ ކޮމެޓީއަށް

މި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

މެމްބަރު މީކާއިލް ނަސީމް: އިސްރާއިލް ޕާސްޕޯޓް މަނާކުރަން ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅުއްވާފައި --

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، 241 ކޮމެޓީއަށް ފޮނުވައިފި އެވެ. 

މި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދުގެ މެންދުރު ފަހު ދަންފަޅީގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ. 

މިއަދުގެ މަޖިލީހުގެ ހެނދުނު ދަންފަޅީގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ބަހުސްކުރުމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި މި ބިލު މަޖިލީހުގެ 241 ކޮމެޓީއަށް ފޮނުވަން ހުށަހެޅީ ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. ފަލާހްގެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ތާއީދުކުރެއްވި އެވެ. 

މިދިޔަ މެއި 30 ގައި މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

މި ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވަން މިއަދު ނިންމި އިރު، ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފަ އެވެ. މި ބިލުގެ ކޮމެޓީ މަރުހަލާގައި، އެ ބަދަލުތައް ގެންނާނެ ކަމަށް ބެލެވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.