ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ދީފި

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީ ބޭރުކޮށްލި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދައި، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރާއި ބަންޑާރަނައިބު އަހުމަދު އުޝާމަށެވެ. 

އެ ތިން ބޭފުޅުންގެ ތެރެއިން އުޝާމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުްނ ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރަށް ރުހުން ނުދިނުމަށް 4 މެންބަރުން ވޯޓު ދެއްވިއިރު 81 މެންބަރުންވަނީ ރުހުން ދިނުމަށް ވޯޓު ދެއްވާފަ އެވެ. 

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 89 މެންބަރުން ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި އެވެ. 

ނަވާރަވަނަ މަޖިލީހުން އެ ތިން ވަޒީރުންނަށް ރުހުން ނުދިނީ އެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެގޮތަށް ނިންމުމާ ގުޅިގެންނެވެ. އެ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދިނެވެ.

ރުހުން ނުދޭން ނިންމުމާއެކު ރައީސްވަނީ ހަމަ އެ ދުވަހު އަލުން އެ ބޭފުޅުން ވަޒީރުކަމަށް އައްޔަންކުރައްވާފަ އެވެ. އަދި މަޖިލީހަށް އެ ބޭފުޅުންގެ ނަންފުޅު ގާނޫނުގައި ބަޔާންކުރި މުއްދަތުގައި ފޮނުއްވިއެވެ. 

ނަމަވެސް ނަވާރަވަނަ މަޖިލިސް ނިމުނުއިރު އެ މައްސަލަ އޮތީ ކުރިއަށް ނުގޮހެވެ. އަދި ވިހިވަނަ މަޖިލިސް އެކުލަވައިލުމާއެކު، އެ މައްސަލަ އަލުން ތާވަލުކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.