އުތުރުގެ ކުނި ފުއްޕާހަމުގެ އުނދަގުލާހެދި ދެކުނު ވަރަށް ރުޅިގަދަ ވެއްޖެ

ފާއިތުވި ހަފުތާތަކުގެ ތެރޭ 1000 އަށް ވުރެ ގިނަ ކުނި ފުއްޕާހަން ވަނީ ދެކުނު ކޮރެއާގެ މަގުތަކަށާއި މީހުންގެ ގޯތިތަކަށް އަދި ސުކޫލުތަކަށް އުތުރުން ވައްޓާފައި ވެއެވެ.

އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ފޮނުވާ ކުނީގެ ފުއްޕާ ހަންތަކުގެ ތެރެއިން ހަމެއް

އަނެއްކާ ވެސް އުތުރު ކޮރެއާއިން ކުނި އަޅާފައިވާ ފުއްޕާހަންތައް ފޮނުވުން ފެށުމާއި ގުޅިގެން ދެކުނު ކޮރެއާއިން ބޯޑަރު ސަރަހައްދުތަކުގައި އުތުރު ކޮރެއާއާ ދެކޮޅު ޕްރޮޕެގެންޑާ ލައުޑްސްޕީކަރު ބަހައްޓައި ބްރޯޑްކާސްޓްކުރުން އަލުން ފަށާނެ ބުނެފި އެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ ޑައިރެކްޓަރު ޗަންގް ހޯ-ޖިން އިސްވެ ހުންނަވައި ބޭއްވި ކުއްލި ސެކިއުރިޓީ ބައްދަލުވުމަކަށް ފަހު އޮފިޝަލުން ނިންމީ ބޯޑަރު ސަރަހައްދުތަކުގައި ބްރޯޑްކާސްޓް ކުރުމަށް ލައުޑްސްޕީކަރު ހަރުކޮށް އެ ހަރަކާތް ފަށާށެވެ.  ސޯލްގެ ރިޔާސީ އޮފީހުން އާދީއްތަ ދުވަހު އެކަމާ ގުޅޭ ބަޔާނެއް ވެސް ނެރެފައި ވެއެވެ.

ލައުޑްސްޕީކަރު ތަކާއެކު ދެކުނު ކޮރެއާއިން ޕިޔޮންގްޔަންއާ ދެކޮޅު ބްރޯޑްކާސްޓްތަކާއި ކޭ-ޕޮޕް ލަވަތަކާއި ބޭރުގެ ޚަބަރުތައް ވާދަވެރިންގެ ހަތިޔާރު އެޅި ބޯޑަރު ހުރަސްކޮށް ފަތުރާފާނެ އެވެ. 

އެކަން ކުރަނީ އުތުރު ކޮރެއާއަކީ މިފަދަ ބްރޯޑްކާސްޓްތަކަށް ޖެހިލުންވާ ގައުމެއް ކަމަށާއި އެއީ ފްރޮންޓްލައިން ސިފައިންނާއި ރަށްވެހިންގެ ހިތްވަރު ގެއްލުވާލައި، ލީޑަރު ކިމް ޖޮން އުންގެ ބާރު ދަށްވެ ބަލިކަށި ކޮށްލަން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ދެކުނު ކޮރެއާއިން 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލައުޑްސްޕީކަރު ބަހައްޓައި ބްރޯޑްކާސްޓް ކުރަން ފެށުމުން އުތުރު ކޮރެއާއިން ވަނީ ބޯޑަރު ހުރަސްކޮށް އާޓިލަރީ ހަމަލާތައް ފޮނުވާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޗަންގް އާއި ދެކުނު ކޮރެއާގެ ސަލާމަތީ އެހެން އޮފިޝަލުން ވަނީ ދެކުނު ކޮރެއާގައި "ކަންބޮޑުވުމާއި ނުތަނަވަސްކަން" އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނެ ޕިއޮންޔޮންގް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ދެ ކޮރެއާގެ މެދުގައި މުސްތަގުބަލުގައި ނުތަނަވަސްކަން އުފެދިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އުތުރު ކޮރެއާ ކަމަށް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ މެއި މަހުގެ ފަހުކޮޅުން ފެށިގެން އުތުރު ކޮރެއާއިން ކުރިއަށް ގެންދާ މިފަދަ ތިންވަނަ ކެމްޕޭނުގައި ހަފުތާ ބަންދުގައި ކުނި އުފުލާ އެތައް ސަތޭކަ ފުއްޕާހަން ދެކުނު ކޮރެއާއަށް ވައްޓާލާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.