ދައުވާތައް އުފުލީ އިންޑިއާ ރުއްސަން، އެ ގައުމުން އަންގައިގެން: އިދިކޮޅު

އެކަން ކުށްވެރިކޮށް ޕީޕީއެމް / ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަލޮޅު ބޯޅަ ދަނޑުގައި ހިނގި ހާދިސާ އާއި ގުޅުވައި ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުގެ ސަޕޯޓަރުން ކުރި މުޒާހަރާއެއް

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 19 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ އަވައްޓެރި އިންޑިއާ އިން އަންގައިގެން އެ ގައުމު ރުއްސަން ކަމަށް އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޖޫން 21، 2022 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމުގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައި ވާތީ އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅުގެ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ / ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ހިމެނެއެވެ.

އެކަން ކުށްވެރިކޮށް ޕީޕީއެމް / ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަލޮޅު ބޯޅަ ދަނޑުގައި ހިނގި ހާދިސާ އާއި ގުޅުވައި ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

"އެދުވަހު ގަލޮޅު ބޯޅަ ދަނޑުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމުގައިވެސް ދެންނެވީމެވެ. އަދި އެ މައްސަލާގައި ފުލުހުންގެ އިހުމާލެއްވާ ކަމަށާއި އެމައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި ނަމަވެސް އެ މައްސަލަ ނުބަލާ އެކަމުގައި ބައިވެރި ނުވާ އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ އެއް ގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ،"

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޭއްވި އިހުތިޖާޖެެއްގައި ބައިވެރިވި ބަޔަކާ ރައީސް ޔާމީން ސަލާމް ކުރައްވަނީ

އެ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅުގެ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ / ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް ދައުވާ ކުރަން ފޮނުވިއިރު އޭނާއަކީ އެ ދުވަހު ގަލޮޅު ދަނޑަށް ވަދެފައިވާ ބޭފުޅެއްވެސް ނޫން ކަމަށާ އަދި އޭނާއަކީ އެ ހަމަނުޖެހުން ހިނގި އިރު އެތާ ހުރި ބޭފުޅެއް ނޫން ކަމަށެވެ. އެހެން ކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެ ނިންމުން ކުށްވެރިކޮށް ނިންމުން އަނބުރާ ގެނައުމަށް ވެސް ގޮވާލާ ކަމަށެވެ.

އިތުރަށް ބުނީ ޔޯގާ ދުވަހުގެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ބެލެވޭ އެތައް ކަމެއް އެދުވަހު ހިނގާފައިވާ ކަމަށެވެ.

"އެ ގޮތުން ސަރުކާރުން ފޮނުވާފައިވާ ބަޔަކު އިސްވެ ތިބެ ދަނޑުތެރެއަށް ވަދެގަތުމާއި ދަނޑަށް ވަންނަ ދިމާކުރި ސަރުކާރުގެ މަންދޫބުންނަށް ފުލުހުން އެފުރުސަތު ދީފައިވާ ކަމީ ފެންނަން ހުރި ހަގީގަތެވެ. އަދި އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުން ފުރސަތު ދިނުމުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުތިރާފް ވެފައިވާކަން ވެސް ފާހަގަ ކުރަމެވެ. މީގެ އިތުރުންވެސް ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދެއްކުމަކީވެސް ސަރުކާރުން ބޭނުންވި ކަމެއް ކަމުގައި ބެލެވެ ެއވެ.

އެ ދެ ޕާޓީން ބުނީ އިންޑިއާ އެހީގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް އަވަސް ކުރުމުގެ ނަމުގައި އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވާ ދުވަސްވަރާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލް މިފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ނޫން ކަމަށާ މިއީ އިންޑިއާ ރުސުމަށް އިންޑިއާއިން އަންގާ ގޮތަށް ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.