އެކްސިޑެންޓްވި ސީޕްލޭންގައި 11 ފަސިންޖަރުން، ބޯޓަށް ގެއްލުން

ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ ބޯޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫއިންނަށް އެއްވެސް ހާނިކައެއް ވެފައި ނުވާ ކަމަށާ ބޯޓުން އުފުލި ހުރިހާ ދާގީނާއެއް ބާލާފައި ވަނީ ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަަމަށް ވެސް ބުންޏެވެ.

ބޯޓް އަޑިއަށް ދަނީ

ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާ ސީޕްލޭނެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށް މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓް އިން މޯލްޑިވްސް މިރިޔަންދޫ އަށް ދަތުރުކުރި ޓްރާސް މޯލްޑިވިއަން އެއާވޯސްގެ ސީޕްލޭން މިިރިޔަންދޫއަށް ޖެއްސުމުގެ ތެރޭގައި ކަނާތު ކަނދަށް ގެއްލުންވެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. މި ހާދިސާ ގައި ބޯޓް އަޑިއަށްވެސް ދިޔަ އެވެ.

އޭރު ސީޕްލޭން ގައި 11 ފަސިންޖަރުން ތިއްބެވެ. ކްރޫއިންގެ ގޮތުގައި ތިން މީހަކު ތިއްބެވެ.

މިއަދު ހަވީރު 3:30 ގައި ހިނގި މި ހާދިސާ ގައި ބޯޓަށް ވަނީ ގެއްލުން ލިބިފަ އެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލެއް ނުދެ އެވެ. ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ ބޯޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫއިންނަށް އެއްވެސް ހާނިކައެއް ވެފައި ނުވާ ކަމަށާ ބޯޓުން އުފުލި ހުރިހާ ދާގީނާއެއް ބާލާފައި ވަނީ ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަަމަށް ވެސް ބުންޏެވެ.

"މި ހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރަމުންނެވެ،" ސިވިލްއޭވިއޭޝަން އޮތޯރިޓީންގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.