ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ހަދައިފި

ދަށު ކޯޓްތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ލާނެ ގައުންގެ ނަމޫނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް އާންމު ކުރަން ޖެހެ އެވެ.

ފަނޑިޔާރުންތަކެއް: ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ވަނީ ހަދާފައި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހު ގައި ގައުން ލާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ގޮތަށް ހަމަޖައްސާ "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގަ އި ހެދުން އެޅުމުގެ އުސޫލު" ވަނީ އާންމު ކޮށްފަ އެވެ. އުސޫލުގައި ވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގެ ޑްރެސް ކޯޑަކީ ގައުން އެވެ.

އެ އުސޫލުގައި ވާ ގޮތުން ދަށު ކޯޓްތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ލާނެ ގައުންގެ ނަމޫނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް އާންމު ކުރަން ޖެހެ އެވެ. އަދި އޮކްޓޫބަރު 1، 2024 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީސްތައް ކުރިއަށް ގެންދާއިރު ތިބެން ޖެހޭނީ ގައުން ލައިގެން ކަމަށް ވަނީ ބުނެފަ އެވެ.

އަދި އުސޫލަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ގައުން ފޯރުކޮށްދޭން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.