ފަންނު ކުރިއެރުމުވުމަކީ ކޮންމެ މުއައްސަސާއެއްގެ ވާޖިބެއް: އަސްވާޑު

މިނިސްޓަރު ވިދާޅުވީ ކުރެހުމެއްގެ ފަހަތުގައި އޭގެ އެތައް މާނައެއް ވާނެކަމަށާއި، އެ ބުނެދޭ ވާހަކައެއް ނަގައިގަނެވޭނީ އެ ބަލާ މީހާއަށާއި އާޓިސްޓަށް ކަމަށެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީއިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްވާޑު ވާހަކަ ދައްކަވަނީ -- ފޮޓޯ: ވަގުތު

ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުއައްސަސާއެއްގެ މައްޗަށް ވެސް އޮތް ވާޖިބެއް ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ. 

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާ "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްވާޑު ވިދާޅުވީ، ފަންނުވެރިން ކުރިއެރުވުމަކީ ދައުލަތުގެ ކޮންމެ މުވައްސަސާއަކުން ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެކަމުގައި ކުންފުނިތަކާއި މުވައްސަސާތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ކުރެހުމެއްގެ ފަހަތުގައި އޭގެ އެތައް މާނައެއް ވާނެކަމަށާއި، އެ ބުނެދޭ ވާހަކައެއް ނަގައިގަނެވޭނީ އެ ބަލާ މީހާއަށާއި އާޓިސްޓަށް ކަމަށެވެ. 

އެމްޑަބްލިއުއެސްސީއިން ކުރިއަށް ގެންދާ "ފެނުން ދިރުން" ކުރެހުމުގެ މުބާރާތުގެ ބޭނުމަކީ ފެނާއި ދިރިހުރުމުގެ ގުޅުން ދައްކުވައިދިނުމެވެ. އަދި ފެނުން ދިރުން ގެނެސްދޭ ގޮތާއި، ކަނޑާއި ވެށި އަދި ހަލްގު ކުރި ކޮންމެ އެއްޗެއް ވެސް ދިރިހުރުމަށް ބޭނުންތެރި އެއްޗެއްކަން ދައްކުވައިދިނުމެވެ.

މި ހަރަކާތުގައި ހުށަހަޅާ ކުރެހުންތައް ބަލާނީ ޔޫތު މިނިސްޓްރީ އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއިން ކަނޑައަޅާ ޖަޖުންގެ ޕެނަލަކުންނެވެ. 

މި މުބާރާތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަަޅާފައި ވެއެވެ. އެގޮތުން އެއްވަނައަށް 50،000 ރުފިޔާގެ އަގުހުރި އިނާމެއް ލިބޭ އިރު ދެވަނައަށް 35،000 އަދި ތިން ވަނައަށް 15،000 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.