މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ނިއުދިއްލީއަށް ވަޑައިގެންފި

ރައީސްގެ މެސެޖާ ގުޅިގެން މޯދީ ވަނީ ރައީސަށް ޝުކުރު އަދާ ކުރެއްވުމާއެކު، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކީގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޕަވަން ކަޕޫރު މަރުހަބާ ވިދާޅުވަނީ، ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާާއި އިންޑިއާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބަައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ގައުމުގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފި އެވެ. 

މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު އެވެ. މި ރަސްމިއްޔާތުގައި އަވައްޓެރި ގައުމުތަކުގެ ލީޑަރުންނާއި އެހެން ބައެއް ގައުމުތަކުގެ ވެރިންގެ އިތުރަށް، ގިނަ ގަައުމުތަކެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް މޯދީ އިންތިހާބުވެވަޑައިގެންފައިވަނީ މި އަހަރު ބޭއްވި އާންމު އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީ ބީޖޭޕީ އަދި އެ ޕާޓީއާ ގުޅުފައިވާ ޕާޓީތަކުގެ ކޯލިޝަން ނޭޝަނަލް ޑިމޮކްރެޓިކް އެލައިންސްއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ލޮކް ސަބާގެ އަޣުލަބިއްޔަތު ކާމިޔާބުކުރުމުންނެވެ. 

މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގަތުމުން ދިއްލީގެ އިންދްރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަަށް މަރުހަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. 

އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީ އިސްވެ އޮންނަ ކޯލިޝަން އެންޑީއޭއަށް ކާމިޔާބުވުމާއެކު ރައީސްވަނީ މޯދީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކީ ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ މެސެޖާ ގުޅިގެން މޯދީވަނީ ރައީސަށް ޝުކުރު އަދާކުރެއްވުމާއެކު، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކީގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.