ނިޝާނާއި ފަޒްލޫނު ހިމަނައި 18 މީހަކަށް ދައުވާ ކޮށްފި

މިދިއަ ޖޫން މަހުގެ 21 ވަނަ ދުވަހު މާލޭގައި ބޭއްވި ޔޯގާ އިވެންޓަށް ހުރަސް އެޅި ހާދިސާއާ ގުޅުވައި ދައުލަތުން ވަނީ 19 މީހަކަށް ދައުވާ ކުރަން ނިންމައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ދައުލަތުން މި މައްސަލަ ނަގާފައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.

ނިޝާން އަދި ފަޒްލޫން: މި ދެ މީހުން ހިމެނޭހެން ޔޯގާ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައި

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 19 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޖޫން 21، 2022 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމުގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައި ވާތީ އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދުގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. މި ދެ އިލްމުވެރިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

ޓެރަރިޒަމް އަމަލެއް ކުރުމުގެ ދައުވާ

  •  މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  •  ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  •  ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  •  ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  •  ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  •  މ. ކުދެހިގެ، ހަސަން ޝިފާޒް
  •  ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ޓްރަރިޒަމް އަމަލެއް ކުރުމުގެ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  •  ހއ. ހޯރަފުށީ، ޔާގޫތުގެ، މުހައްމަދު އިސްމާއީލް
  •  ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  •  ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  •  ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާން
  •  ލ. މުންޑޫ، އަންނާރުގެ، މުހައްމަދު ޝާން
  •  ހއ. ކުޅުދުއްފުށި، ބާބޫގެ، ހުސައިން އަލީ
  •  މ. ފަޅުމަތީގެ، އަހުމަދު އަލީ

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބީޫ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ

  •  ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  •  ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  •  މ. ކުދެހިގެ، ހަސަން ޝިފާޒް

މި ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އަބްދުﷲ ރިފާއުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މީގެ އިތުރުން ޝަބިމް އާދަމްގެ މައްޗަށް ވަނީ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންކުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެ ކުށުގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދި މުހައްމަދު އިސްމާއީލާއި މުހައްމަދު ޒިލިއަންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގައި ދައުވާ ކޮށްފައިވެ އެވެ. މި ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުލަތުން ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ މި 18 މީހުންގެ ތެރެއިން 15 މީހެއްގެ މައްޗަށް އުފުލައިފަ އެވެ. މި ކުށުގެ އަދަވަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

  •  ގ. އުފުރިޔާ، މުހައްމަދު ފައިސަލް
  •  މ. އޯކިޑްހައުސް، މުހައްމަދު ފައިސަލް
  •  މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  •  ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރަފީއު
  •  ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  •  ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  •  ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހު
  •  މ. ކުދެހިގެ، ހަސަން ޝިފާޒް
  •  ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
  •  ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  •  ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  •  ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާން
  •  ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  •  މ. ފަޅުމަތީގެ، އަހުމަދު އަލީ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.