ސެލޫނެއްގައި ހަށިވިއްކަން ތިބި ދެ އަންހެނުން ބަންދަށް

ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުން މަސައްކަތް ކުރާ ސެލޫން ފުލުހުން އެ ބަލައިފާސްކުރިއިރު ބަރަހަނާކޮށް ތިބި ދެ އަންހެނުން ވަނީ ފެނިފަ އެވެ. ހައްޔަރު ކުރީ އެ ދެ އަންހެނުން ކަމެއް އަމުރުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

މާލޭގެ ސެލޫނެއްގައި ހަށިވިއްކަން ތިއްބައި ހައްޔަރު ކުރި ބިދޭސީ ދެ އަންހެނަކު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 39 އަހަރުގެ އަންހެނަކާއި 22 އަހަރުގެ އަންހެނެކެވެ. މި ދެ އަންހެނުންނަކީ ވެސް ތައިލެންޑް ދެ މީހުންނެވެ.

ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުން މަސައްކަތް ކުރާ ސެލޫން ފުލުހުން  ބަލައި ފާސް ކުރިއިރު ބަރަހަނާކޮށް ތިބި ދެ އަންހެނުން ވަނީ ފެނިފަ އެވެ. ހައްޔަރު ކުރީ އެ ދެ އަންހެނުން ކަމެއް އަމުރުގައި ފާހަގަ ކޮށްފައެއް ނުވެ އެވެ.

އެ ސެލޫންއިން ޖިންސީ އަމަލު ހިންގަން ބޭނުން ކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އަމުރުގައި ފާހަގަ ކޮށްފައި ވެއެވެ.

ފުލުހުން ވަނީ އެ ދެ މީހުންނަކީ ހަށިވިއްކާ ދެ މީހުންކަން އެނގޭ ވަރަށް ހެކި ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން އެމީހުންގެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކުގެ ސްކްރީންޝޮޓްތައް ހުށަހަޅާފައިވާކަން އަމުރުން އެނގެ އެވެ.

މި މައްސަލައިގައި ދެ އަންހެނުން ވެސް 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ރާއްޖޭގެ ސެލޫންތަކުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަ އެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ އެފަދަ ބައެއް ތަންތަން ބަލައި ފާސްކޮށް މީހުން ހައްޔަރު ކޮށް ސެލޫންތައް ބަންދުކޮށްފައި ވެސް އެބަ ހުއްޓެވެ. ހަށިވިއްކަން އުޅެނީ ބިދޭސީ އަންހެނުންނެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ތިބެނީ ދިވެހިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.