ނާސާގެ "އާތުރައިސް" އެސްޓްރޮނޮޓް މަރުވެއްޖެ

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ އޭނާ ދުއްވި ކުޑަ މަތިންދާ ބޯޓެއް ވެއްޓުމުގެ ހާދިސާއެއްގެ ތެރޭގަ އެވެ.

ބިލް އެންޑާސް

ޖައްވުގައި ތިބެ ދުނިޔޭގެ އެންމެ ހިތްގައިމު ފޮޓޯތައް ނަގައިގެން މަގުބޫލުކަން ލިބުނު "އެޕޯލޯ 8" ގެ އެސްޓްރޮނޮޓް ބިލް އެންޑާސް 90 އަހަރުގައި މަރުވެއްޖެ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ އޭނާ ދުއްވި ކުޑަ މަތިންދާ ބޯޓެއް ވެއްޓުމުގެ ހާދިސާއެއްގަ އެވެ. މި މަތިންދާ ބޯޓް ވެއްޓިފައި ވަނީ ވޮޝިންގްޓަންގެ ނޯތް ސީޓެލްގެ ފެންގަނޑަކަށް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.


އެންޑާސްގެ ދަރިފުޅު، ގްރެގް ވަނީ ހުކުރު ދުވަހު ބޯޓު ވެއްޓުނު ހާދިސާގައި އޭނާގެ ބައްޕަ މަރުވެފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ. އަދި އޭނާގެ ހަށިގަނޑު ފެންގަނޑުން ނަގާފާއިވާ ކަމަށްވެސް ގްރެގް ބުނެފައިވެއެވެ.

ބިލް އެންޑާސް އަކީ 1968 ވަނަ އަހަރު އެޕޯލޯ 8 މިޝަންގައި ލޫނާ މޮޑިއުލް ޕައިލެއްޓެއްގެ ގޮތުގައި ބައިވެރިވެ އެ ދަތުރުގައި ދުނިޔޭގެ ފުރިހަމަ ހިތްގައިމު ފޮޓޯ ނެގި އެސްޓްރޮނޯޓެވެ. އެ ދަތުރަށް ފަހު އޭނާ ބުނެފައި ވަނީ އެމީހުން ދިޔައީ ހަނދުގެ ތަޖުރިބާ ދަތުރަކަށް ކަމަށާއި ނަމަވެސް ފެނުނީ ދުނިޔޭގެ ހިތްގައިމު ކަންކަމަށެވެ.

އެންޑާސް ދަތުރުކުރި ކުޑަ މަތިންދާ ބޯޓު ވެއްޓުނު މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި ބޯޓު ލޫޕްކޮށް އެތައްފަހަރަކު އެނބުރުމަށް ފަހު އިދި ފުށަށް ޖެހި ވެއްޓުނީ ކަމަށެވެ.

ބިލް އެންޑާސް ވަނީ އެޕޯލޯ މިޝަން 11 ގެ ބެކަޕް ޕައިލެޓެއް ގޮތުގައި ވެސް ބައިވެރިވެފަ އެވެ. އެއީ 1969 ގައި ފުރަތަމަ ފަހަރު ހަނދަށް ކުރި ދަތުރެވެ. އެންޑާސް ރިޓަޔާ ވުމަށް ފަހުވެސް ޖައްވީ އުޅަނދުތަކާއި ބެހޭ ދާއިރާ ތަކުގައި އެތައް އަހަރަކު ހަރަކާތްތެރިވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.