އޭނާގެ އާދަޔާ ޚިލާފު ނިދުމުގެ އާދަތައް ފެށުނީ ފުރަތަމަ ދަރިފުޅު އުފަންވި ފަހުންނެވެ. ފުރަތަމަ ނިދާފައި ހުރެ ހިނގަން ފެށުމަށް ފަހު ފަހުން އޮންލައިންކޮށް އެއްޗެހި ގަނެވުން ވެސް އާދައަކަށް ބަދަލުވިކަމަށް އޭނާ ކިޔާދީފައި ވެއެވެ.
ނިދާފައި ހުރެ އޮންލައިންކޮށް އެއްޗެހި ގަނެވި ޝޮޕިންއަށް 3،800 ޑޮލަރަށް ވުރެ ގިނަ ޑޮލަރު މީހަކު ހޭދަ ކޮށްފި އެވެ.
އިނގެރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 42 އަހަރުގެ ކެލީ ކްނައިޕްސް ބުނި ގޮތުގައި ރޭގަނޑު ނިދުމުގެ ސަބަބުން ދިމާވާނެ ކަމަކާއި މެދު ކަންބޮޑުވެފައި ހުރެ ނިދަން ދިއުމަކީ ހަގީގަތުގައި ވެސް ހިތްދަތި އަދި މާޔޫސްވާ ކަމެކެވެ. އަދި އޭނާއަށް މި މައްސަލަ ދިމާވަނީ ނިދުމުގައި ހުންނަ ޑިސްއޯޑާ އެއްގެ ސަބަބުން ކަމަށް އޭނާ ބުނެ އެވެ.
އޭނާ ބުނި ގޮތުގައި 2018 ވަނަ އަހަރު އޭނާއަށް ޕެރަސޮމްނިއާ ޖެހިފައިވާކަން އެނގުނެވެ. އެ ބައްޔަކީ ނިދުމުގެ ތެރޭގައި ދިމާވާ އާދަޔާ ހިލާފު އަދި މީހާގެ އިހުތިޔާރުން ބޭރުން ކުރެވޭ ކަންކަން ހިމެނޭ ބައްޔެކެވެ.
އާއްމުކޮށް ނިޕްސް ނިދާ ހޭލެވޭއިރު ރޭގަނޑު ނިދީގައި ގަނެވިފައި ހުންނަ އެއްޗެހި ގެއަށް ޑެލިވާ ކޮށްފައި ހުންނަ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އެއްފަހަރަކު ނިދީގައި ބޮޑު ފުލް ބާސްކެޓް ބޯޅަ ކޯޓެއް ވެސް ގަނެވުނު ކަމަށާއި އޭގެ އިތުރުން ކުލަ އާއި ފޮތާއި މިރުހާއި ލޮނާއި ކުޑަކުދިންގެ ޕްލޭހައުސް އާއި ފްރިޖާއި މޭޒާއި އަދި އެއްތައް ސަތޭކަ ހަރިބޯ ކެންޑީ ޕެކެޓް ވެސް ގަނެވުނު ކަމަށް އޭނާ ކިޔައި ދިނެވެ.
އެހާ ފަސޭހައިން އޭނާއަށް އެއްޗެހި ގަނެވެނީ ފޯނުގައި ކްރެޑިޓް ކާޑްގެ ޑީޓެއިލް ސޭވް ކުރެވިފައި ހުރުމުން ކަމަށާއި މިކަން އެންމެ ނުރައްކާ ހާލަތަށް ދިޔައީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބަޔަކު ކުރި މެސެޖަކަށް އޭނާގެ ކްރެޑިޓް ކާޑުގެ ހުރިހާ މައުލޫމާތު ދެވި އެމީހުން އޭނާގެ ބޭންކް އެކައުންޓުން ފައިސާ ނެގުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މާ ބޮޑެތި އަދަދުތަކުން ސްކޭމަރުންނަށް ފައިސާ ނެގޭގޮތް ނުވީ ބޭންކަށް ޝައްކު ވެގެން އޭނާގެ އެކައުންޓް ބްލޮކް ކުރުމުންނެވެ.
އިވެންޓްގެ ވިޔަފާރި ކުރާ ކްނައިޕްސް ބުނި ގޮތުގައި އޭނާ އެންމެ ދެރަވަނީ އެހެން ގަނެވޭ ގިނަ އެއްޗެހި އަނބުރާ ހަވާލުކޮށް ފައިސާ ލިބޭނެ ގޮތް ނުވާތީ އެވެ.
ކްނައިޕްސް ބުނި ގޮތުގައި އެންމެނަށް ވެސް މިކަން ވަނީ މަޖާ ކަމަކަށެވެ. ނަމަވެސް އޭނާއަށް ރޭގަނޑުގެ އަރާމު ނިދި ވަނީ ގޮތް ނޭނގޭ ބިރުވެރި ކަމަކަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ތިން ކުދިންގެ މަންމަ ކްނައިޕްސް ބުނީ އޭނާއަށް ނިދާ ބޭސް ނުކެވެނީ އޭނާގެ ދަރިންގެ ހާލަތުގެ ސަބަބުން ކުއްލިއަކަށް ނިދާފަ އޮވެ ހޭލަން ޖެހިއްޖެނަމަވެސް ހޭލުމަށް ކަމަށެވެ.
އޭނާގެ އާދަޔާ ޚިލާފު ނިދުމުގެ އާދަތައް ފެށުނީ ފުރަތަމަ ދަރިފުޅު އުފަންވި ފަހުންނެވެ. ފުރަތަމަ ނިދާފައި ހުރެ ހިނގަން ފެށުމަށް ފަހު ފަހުން އޮންލައިންކޮށް އެއްޗެހި ގަނެވުން ވެސް އާދައަކަށް ބަދަލުވިކަމަށް އޭނާ ކިޔާދީފައި ވެއެވެ.