ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ލަންކާ އިން ނިންމައިފި

ސްރީލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓާ އޮފް ޕަބްލިކް ސެކިޔުރިޓީ ދެއްވި އެވެ.

ލަންކާގެ ރައީސް ރަނިލް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ސްރީލަންކާ ސަރުކާރުން ނިންމައިފި އެވެ.

ލަންކާ ސަރުކާރުގެ މި ނިންމުން އައީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް އާ މިއަދު ބައްދަލުކުރައްވައި ސްރީލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާ ތަކުގަ އެވެ.

މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް މިނިސްޓަރު ޒަމީރު ހިއްސާ ކުރައްވައި އެ ކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވެސް ވިސާ ހޯދުމުގައި މިހާރު ދިމާވާ ދަތިތައް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.   

އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް އިތުރު ތަކުލީފަކާ ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި އެކަން ލިޔުމުން ޔަގީން ކޮށްދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ސްރީލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓާ އޮފް ޕަބްލިކް ސެކިޔުރިޓީ ދެއްވި އެވެ.    

މީގެއިތުރުން ވެސް ހިއްސާ ކުރެއްވި ކަންބޮޑުވުންތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ވެސް ހައްލުކޮށް ދެއްވާ ކައިރި މުސްތަގުބަލެއް ގައި ލިޔުމުން ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓާ އޮފް ޕަބްލިކް ސެކިޔުރިޓީ މިއަދު ދެއްވާފައިވާ ކަމަށް ވެެސް ފޮރިން މިނިސްޓްރީން ބުންޏެވެ. 

ދިވެހީންގެ ބޮޑު އާބާދީއެއް އޮތް ސްރީލަންކާ އިން ޓޫރިސްޓް ވިސާ ދިނުމުގައި އަަމަލު ކުރަމުން އައި އުސޫލަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ވިސާގެ އުސޫލަށް ބަދަލު އައި ނަމަވެސް ދިވެހީންނަށް އެ ގައުމަށް ދަތުރު ކުރުމަށް 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ކުރީން އޮތީ ބުނެފަ އެވެ. ނަމަވެސް ވިސާ އިތުރު ކުރަން ބޭނުން ނަމަ ޖެހެނީ އެކަމަށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ހުށައަޅަަން ށެވެ. އެ ކަމަށް އެދި ހުށައަޅާއިރު އިދާރީ ފީ އެއް ވެސް ނަގަ އެވެ،

އެކަމަކު ދެން ދިވެހީން އަތުން އެ ފީއެއް ނުނަގާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.