ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 17 ދާއިރާއަކުން އެވޯޑް ދޭނެ

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައެޅިފައިވެ އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

ޒުވާނުންގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 12 ގައި ކަމަށާ މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީ ގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައު އަށް ފައިދާ ހުރި އުފެއްދުންތެރި ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޖުލައި ހަތަރެއްވާ ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.