ޝެންގަން ވިސާއަށް ނަގާ ފީތައް އީޔޫން ބޮޑު ކުރަނީ

ފީއަށް ގެނައި ބަދަލާއެކު ޝެންގެން ވިސާ ހޯދުމަށް ކުރާ ހަރަދު 14.3 މިލިއަން ޔޫރޯއަށް އިތުރު ވާނެ އެވެ. އެއީ މިހާރަށްވުރެ 1.5 މިލިއަން ޔޫރޯ އިތުރު މިންވަރެކެވެ.

ޔޫރަޕިއަން ޔޫނިއަނުގެ ގައުމުތަކަށް ދަތުރުކުރަން ދޫކުރާ ޝެންގެން ވިސާގެ ފީ ބޮޑު ކުރަން ނިންމާފައިވޭ

ޔޫރަޕިއަން ޔޫނިއަނުގެ ގައުމުތަކަށް ދަތުރު ކުރުމަށް ދޫކުރާ ޝެންގެން ވިސާގެ ތެރެއިން ކުރު މުއްދަތަށް ދޫކުރާ ވިސާއަށް ނަގާ ފީ ބޮޑު ކުރުމަށް އެ އިއްތިހާދުން ނިންމައިފި އެވެ. 

ޝެންގެން ނިއުސްއިން ރިޕޯޓް ކުރި ގޮތުގައި ކުރު މުއްދަތަށް ދޫކުރާ ޝެންގެން ވިސާގެ ފީ ބޮޑު ކުރަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރު ކުރު މުއްދަތުގެ ޝެންގެން ވިސާގެ ފީގެ ގޮތުގައި ބޮޑެތި މީހުންގެ އަތުން ނަގަނީ 90 ޔޫރޯއެކެވެ. އަދި އުމުރުން ހަ އަހަރާއި ބާރަ އަހަރާ ދެމެދުގެ ކުޑަކުދިންގެ އަތުން ނަގަނީ 45 ޔޫރޯ އެވެ. 

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖޫން 11 ވަނަ ދުވަހުން ފެށިގެން ޝެންގެން ވިސާ ފީ ބޮޑު ކުރުމަށް ނިންމާފައިވާކަން ސްލޮވޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒްއިން އެ ވިސާއަށް އެދިފައިވާ އެހެނިހެން ގައުމުތަކުގެ މީހުންނަށް އަންގާފައި ވެއެވެ. 

ޝެންގެން ނިއުސްއިން ރިޕޯޓުކުރި ގޮތުގައި 2023 ވަނަ އަހަރު ހަމައެކަނި ކަޒަކިސްތާނުގެ 159،072 މީހުން ކުރު މުއްދަތުގެ ޝެންގެން ވިސާއަށް އެދިފައިވާއިރު އެއިން 143،970 މީހުންނަށް ވިސާ ދިނުމަށް ވަނީ ނިންމާފަ އެވެ. 

ޝެންގެން ނިއުސްއިން ރިޕޯޓުކުރާ ގޮތުގައި ފީއަށް ގެނައި ބަދަލާއެކު ޝެންގެން ވިސާ ހޯދުމަށް ކުރާ ހަރަދު 14.3 މިލިއަން ޔޫރޯއަށް އިތުރުވާނެ އެވެ. އެއީ މިހާރަށްވުރެ 1.5 މިލިއަން ޔޫރޯ އިތުރު މިންވަރެއްކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.