ދަސްވެނިވުމުން ނިންމާ ނުލައި އިލްމާއި ހުނަރު ތަރައްގީކުރޭ: ސާޖިދާ

ޔުނިވާސިޓީއިން ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި، މުއާމަލާތުކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލްކަން ދަމަހައްޓައި އާބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެކަމ

އައިޔޫއެމްގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދަސްވެނިވުމާ ހަމައިން އިލްމު އުގެނުމާއި، ހުނަރު ތަރައްގީކުރުން ހުއްޓާނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފި އެވެ.  

މިއަދު އައިޔޫއެމްގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ޔުނިވާސިޓީއިން ދަސްވެނިވުމާ ހަމައިން އިލްމާއި ހުނަރު އުނގެނުން ހުއްޓާނުލައި، އެކަންކަން ތަރައްގީކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އަދި ޔުނިވާސިޓީއިން ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި، މުއާމަލާތުކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލްކަން ދަމަހައްޜައި އާބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެކަމަނާ ނަސޭހަތްތެރިވި އެވެ. 

އޭގެ އިތުރުން އެކަމަނާގެ ވާހަކައިގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީހި ހިޔާވައްސެއްކަން ފާހަގަކުރައްވައި ތައުރީފްކުރެއްވި އެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.