ދިވެހި ސަފީރު ލަންކާގެ ރައީސަށް ފަތްކޮޅު އަރުއްވައިފި

އިމާދު ވަނީ ލަންކާ އާއި ރާއްޖެ އާ ދެމެދު އޮތް ތާރީހީ އަދި ހާއްސަ ގުޅުން ބަދަހި ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން، ރައީސް ރަނިލް އަށް އަރުއްވާފަ އެވެ.

ސަފީރު އިމާދުގެ ސަފީރު ކަމުގެ ފަތްކޮޅު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުއްވަނީ --

ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު، އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި އެވެ. 

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ކޮލަމްބޯގައި ހުންނަ ރައީސްގެކޮޅުގަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމާދު ވަނީ މިއީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވާފަ އެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއުއްޒު، ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރެއްވުމަށް އެމަނިކުފާނަށް އިތުބާރުކުރައްވާ މަތިކުރައްވާފައިވާ މުހިންމު ޒިންމާ ވަރަށް ރަނގަޅަށް ތަސައްވުރު ކުރެއްވޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިމާދު ވަނީ ލަންކާ އާއި ރާއްޖެ އާ ދެމެދު އޮތް ތާރީހީ އަދި ހާއްސަ ގުޅުން ބަދަހި ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން، ރައީސް ރަނިލް އަށް އަރުއްވާފަ އެވެ. އަދި ލަންކާ އަކީ ހަމައެކަނި ރާއްޖެއަށް އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ތަރައްގީގެ ބައިވެރިއެއްގެ އިތުރުން ގިނަ ދިވެހިންނަށް އެންމެ ޝައުގުވެރިވާ، އެންމެ ފަރިތަ އަވަށްޓެރި ގައުމުގެ ގޮތުގައި ދެކޭ ތަނެއްކަމުގައި ވެސް ސަފީރު އިމާދު ފާހަގަކުރެއްވި އެވެ.

ރާއްޖެ އިން ލަންކާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމާ ސަފީރު އިމާދު ހަވާލުވެވަޑައިގަތުމުން ރައީސް ރަނިލް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި އިމާދުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.