ގަސް އިންދުމުގެ ޕްރޮގްރާމަކީ މުސްތަގުބަލަށް ކުރާ އިންވެސްޓެއް: ފަހުމީ

ޓެލްކޯއިން ހިދުމަތް ދޭ 33 ރަށާއި މާލޭގެ ސްޓެލްކޯގެ އެކި މަރުކަޒުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރާނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ

މި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ މުސްތަގުބަލަށް ކުރާ މުހިންމު އިންވެސްޓެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވިދާޅު ވެއްޖެ އެވެ. 

ތިމާވެށީގެން ދުވަސް ފާހަގަ ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއިން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގުރާމު ފައްޓަވައި ދެއްވަމުން ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކުގެ ފައިދާ މިހާރު ނުކުރި ނަމަވެސް، އެއީ މުސްތަގުބަލަށް ކުރާ މުހިންމު އިންވެސްޓުމެންޓެއް ކަމަށެވެ. 

ސްޓެލްކޯއިން ދެމުން ގެންދަނީ ތިމާވެއްޓާ ގުޅުންހުރި ހިދުމަތެއް ކަމަށާއި، އިއްޔެ ފެށި ގަސް އިންދުމުގެ ޕްރޮގްރާމުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާ ކުރުމަކީ އޭގެ އެންމެ ބޮޑު ސަބަބު ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.  

"ފަސް ލައްކަ ގަސް އިންދުމުގެ ފްރޮގްރާމެއް މިއަދު ކުރިއަށް މިދަނީ. މިއީ މިކަމުގެ ފެށުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގަސް އިންދުމުގެ ތަފްސީލާ، ގަސް އިންދާ ރަށްތައް އަދި ތަންތަނުގެ ތަފާސް ހިސާބު ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރަމުން ގެންދާނަން" ފަހުމީ ވިދާޅުވި އެވެ. 

އިއްޔެ ސްޓެލްކޯއިން ވަނީ އެކުންފުނިން ހިދުމަތްދޭ 33 ރަށަކާއި، މާލޭ ޕަވާ ހައުސްގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެ އެކަނި ވެސް އެ ކުންފުނިން ވަނީ 27،000 ގަސް އިންދި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.