ހައްޖާޖީނަށް އުރީދުން ދިން ސިމްތަކަކުން ނުގުޅޭ ޝަކުވާ

އުރީދޫން މި ސިމް ތައާރަފުކުރީ ހައްޖާޖީންގެ ފޯނުތަކަށް ލައްވައިގެން ސައޫދީއަށް ދިއުމުން ގުޅޭނެ ކަމަށް ބުނެ އެވެ.

އުރީދޫ ބިލްޑިންގް: އުރީދޫ ސިމް މަސައްކަތެއް ނުކުރޭ

އުރީދޫން ދިވެހި ހައްޖުވެރިންނަށް ދިން މޮބައިލް ސިމްތަކުން ނުޅޭތީ ޝަކުވާ ކުރާއިރު އެ މައްސަލަ ހައްލު ނުވެ ދިގު ލައިފި އެވެ. 

ރާއްޖޭން މީހުން ހައްޖަށް ފުރިއިއިރު އުރީދޫން މޮބައިލް ސިމް ފޯނަށް ލައްވާދީފައި ފުރުވާލި ނަމަވެސް އާއިލާތަކުގެ މީހުނާ ހައްޖަށް ދިޔަ ގިނަ ބަޔަކު ވެސް ދަނީ އެއިން ނުގުޅޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. 

މި ގޮތުން ޝަކުވާ ކުރި އެކަކު ފޭސްބުކްގައި ބުނެފައިވާ ގޮތުގައި މަންމަގެ އަތުގައި އޮތް ފޯނަށް ރާއްޖޭގެ އުރީދޫ މޯލްޑިވްސް އިން ދިން ސިމް ލަވާފައި ފޮނުވި ފަހުން ތިން ދުވަސްވީއިރު ވެސް ހަބަރެއް ނުވެ އެވެ. 

"އުރީދޫ ސިމް ސައޫދީގައި މަސައްކަތް ނުކުރާ ކަމަށް ވަނީ. މިކަހަލަ ވިޔާނުދާ ކަންކަން ކުރާކަށް ހެޔޮ ނުވާނެ،" މީހަކު ސޯޝަލް މީޑިއާގައި ޝަކުވާ އުފުލާފައިވެ އެވެ. 

އެހެން މީހަކު ބުނި ގޮތުގައި އޭނަގެ އާއިލާ މީހަކަށް ދެ ސިމް ދީފައި ފޮނުވި ފަހުން އަދި މަސައްކަތް ކުރީ އެންމެ ސިމެކެވެ. 

އުރީދޫ މޯލްޑިވްސް އިން ހައްޖުވެރިންނަށް "ސައޫދީ ޕާސްޕޯޓް" ގެ ނަމުގައި ތައާރަފުކުރި ސިމަކީ 15 ޖީބީ ލިބޭ ސިމެކެވެ. ސިމްގެ އަގަކީ 1،000ރ. އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.